މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

Nov 18, 2020

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕޯސްޓް ބިލްޑިން ކުރިމަތިން ހިފެހެއްޓި މީހަކު ބަލާ ފާސްކުރިިއިރު އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ އަތުން ފެނުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބޮޑު ދެ ރަބަރުގަނޑު ކަމަށްވެސް ފުލުހުން ބުންޏެވެ.