ބޮލީވުޑް

އުފަންދުވަސް ފާހަގަ ކުރަން ތާރާ އާއި އާދާރު ރާއްޖޭގައިި

Nov 19, 2020

ބޮލީވުޑްގެ ތަރި ތާރާ ސުތާރިއާ އާއި އާދާރު ޖެއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މިދިޔަ އަހަރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ތާރާ އާއި ލޯބިވެރިޔާ ރާއްޖެ އައީ އިއްޔެ އެވެ. ތާރާ ދަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ދަތުރުގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. އާދާރު އަކީ، ކަރީނާ ކަޕޫރާއި ރަންބީރް ކަޕޫރްގެ ދެބޭންގެ ދެދަރި ކޮއްކޮ އެކެވެ.

ތާރާ ވަނީ މީގެ ކުރިންވެސް ފޮޓޯޝޫޓަކަށް ރާއްޖެ އައިސްފަ އެވެ. މިއަދަކީ ތާރާގެ 25 ވަނަ އުފަންދުވަހެވެ.

ސްޓޫޑަންޓް އޮފް ދަ އިޔާ އަށް ފަހު ތާރާ އަށް ވަނީ ގިނަ އޮފާ ތަކެއް ލިބިފަ އެވެ. އޭނާ ފެނުނު "މަރްޖާވާ" ގެ ރޯލަށް ވެސް ގިނަ ބަޔަކު ތައުރީފު ކުރި އެވެ. ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހީރޯޕަންތީ 2" އާއި "ތަޅަޕް" އަދި "ދޯ ވިލަން" ހިމެނެ އެވެ.

ލޯބިވެރިޔާ އާއެކު ޗުއްޓީ އަށް އައިސްފައި ވަނީ ދެ މީހުންގެ ކައިވެނީގެ އަޑުތައްވެސް އަރާފައި ވަނިކޮނެވެ.