ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔޮޓެއްގައި ތިބި 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުގައި އޮތް ޔޮޓެއްގައި ތިބި 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި މާލެ ސަރަހައްދުގައި އޮތް ޔޮޓެއްގައި ތިބި 14 މީހަކު ހިމެނޭ ކަމަށެވެ. ދެން ހިމެނެނީ ރަށްފަޅު ހުރާ އިން ޕޮޒިޓިވްވީ 14 މީހަކާއި އެއާޕޯޓުން ޕޮޒިޓިވްވީ ބައެކެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 36 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 32 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 36 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 32 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،530 ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 925 މީހުންނެވެ. މިހާތަނަށް 11،475 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 45 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 73 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.