ހަބަރު

ހަމަލާއަށް ފަހު އިންވެސްޓަރުން ގާތު ބުނާނެ އެއްޗެއް ނެތް: ޖިހާދު

ރައީސް އަބްދުﷲ ޔާމިން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ރައީސަށް އަމާޒުކޮށް ދިން ހަމަލާއިން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި އެ ހަމަލާއަށް ފަހު އިންވެސްޓަރުން ކުރިމަތީގައި ދަންނަވާނެ އެއްޗެއް ނޭނގިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގަރާމަކަށް ރޭ މިނިސްޓަރު ޖިހާދު ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ މިދުވަސްކޮޅަކީ ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެންނަން ބޮޑެތި މަސައްކަތްކޮށް އިންވެސްޓްމަންޓް ފޯރަމެއް ވެސް ބާއްވާ ދުވަސްކޮޅެއް ކަމަށާއި އަދި މިދުވަސްކޮޅާ ދިމާކޮށް ދިން ހަމަލާގެ ސަބަބުން އިންވެސްޓަރުން ރާއްޖޭގެ ސުލްހަވެރިކަމާމެދު ސުވާލު އުފައްދާނެ ކަމަށެވެ. އަދި އެ ހަމަލާއަށް ފަހު އިންވެސްޓަރުން ކުރިމަތީގައި ދަންނަވާނެ އެއްޗެއް ނޭނގިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭރުން އިންވެސްޓަރުން ގެނަން ބޭނުންވި ކަމުގައިވިޔަސް ނޫނީ އަޅުގަނޑުމެން ބޭނުންވާ ފައިސާއަށް އެދެން ޖެހުނު ކަމުގައިވިޔަސް އެންމެ ފުރަތަމަ ބޭރު ފަރާތް ތަކުން އަހާ ސުވާލުތަކަކީ ގައުމުގެ ހާލަތަކީ ކޮބައިތޯ؟ ނަމަވެސް އަޅުގަނޑުމެން ގައުމު ސްޓޭބަލް ނޫނީއާ އެކަން އިންވެސްޓްމަންޓްތަކަށް އޮތް ފުރުސަތުކުޑަވާނެ. އެހެންވެ އަޅުގަނޑު މިހުންނެވީ މިހާދިސާޔާ ގުޅިގެން އިންވެސްޓަރުންކާރީ ބުނާނެ އެއްޗެއް ނޭންގިފަ،" ޖިހާދު ވިދާޅުވި އެވެ.