އިދިކޮޅު ފަރާތްތައް

ނަސްރުގެ ދުވަސް ފާހަގަ ކުރުމުން ޝުޖާއު ޕޮލިހަށް

Nov 22, 2020
1

ކޮންގްރެސް ޕާޓީ، (ޕީއެންސީ) ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މާދަމާ ފުލުހަށް ހާޒިރުވާން އޭނާއަށް އަންގައިފި އެވެ.

އިދިކޮޅުގެ މަގުމަތީ ހަރަކާތްތައް ފަހަކަށް އައިސް ލީޑް ކުރެއްވުމުގައި އިސްކޮށް ފެނި ވަޑައިގަންނަވާ ޝުޖާއު ފުލުހަށް ހާޒިރު ކުރަނީ ނަސްރުގެ ދުވަސް ފާހަގަ ކުރަން އިދިިކޮޅު ދެ ޕާޓީން ބޭއްވި ޖަލްސާއަކާ ގުޅިގެނެވެ. އޭނާ ފުލުހަށް ހާޒިރު ވާން ޖެހެނީ މާދަމާ މެންދުރު ފަހު 2:30 އަށެވެ.

ނަސްރުގެ ދުވަހަކީ ނޮވެމްބަރު 3، 1988 ގައި ދިވެހި ރާއްޖޭގެ ބަޔަކާއި ސްރީލަންކާގެ ހަނގުރާމަވެރި ޕްލޯޓް ޖަމާއަތުން ހަތިޔާރާއެކު ރާއްޖެ އަރައި ދިން ހާމަލާ ނާކާމިޔާބު ކޮށްލައި އެ ދުވަހު ރާއްޖެއަށް ލިބުނު ފަތަހަ ފާހަގަ ކުރަން ދައުލަތުން ކަނޑައަޅާފައިވާ ހާއްސަ ދުވަހެކެވެ.

އެ ދުވަސް ފާހަގަ ކުރަން ނޮވެމްބަރު ތިންވަނަ ދުވަހުގެރޭ އިދިކޮޅުން ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގެ ތެރެއިން ޝުޖާއު ހައްޔަރު ވެސް ކުރި އެވެ.

އެނގިފައިވާ ގޮތުގައި ޝުޖާ ޕޮލިހަށް ގެންދަނީ އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނާ ހިލާފު ވެގެނެވެ.