ދުނިޔެ

ޓްރަމްޕުގެ ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި

Nov 22, 2020

ވޯޓްތަކެއް ބާތިލު ކަމަށް ކަނޑައަޅައި ދޭން އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ކޯޓުން ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

ޓްރަމްގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވަނީ ޕޯސްޓުގެ ޒަރީއާއިން ވޯޓްތަކެއް ބާތިލު ކަމަށް ކަނޑއަޅާށެވެ. އޭގެ ތެރޭގައި އެތައް މިލިއަން ވޯޓެއް ހިމެނެ އެވެ.

އެ ހުށަހެޅުން ޕެންސިލްވޭނިއާގެ ފަނޑިޔާރު ބަލައި ނުގަތުމުން ޕެންސިލްވޭނިއާގެ ވޯޓުގައި ޖޯ ބައިޑަން އަށް ކުރި ލިބި ވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް ޓްރަމްޕުގެ ފަރާތްޕުޅުން ބުނެފައި ވަނީ އެ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ.

ވޯޓުގައި ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އަދި އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވާފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯއްދަވަން ޖެހި ވަޑައިގަންނަވަ އެވެ.

ފަނޑިޔާރުގެ އެ ނިންމުމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ ތެރެއިން ވެސް ޓްރަމްޕް ބަލި ގަބޫލު ކުރައްވަން ގޮވާލާފައި ވެއެވެ.