ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެމެރިކާގައި އަންނަ މަހު ވެކްސިން ދޭން ފަށަނީ

Nov 23, 2020

މި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެމެރިކާގައި ކޮވިޑް-19 އިގެ ވެކްސިން އާންމުންނަށް ދޭން ފެށިދާނެ ކަމަށް އެމެރިކާގެ ފެޑްރަލް ވެކްސިން ޑިވެލޮޕްމަންޓް ޕްރޮގްރާމުން ކޮވިޑް ވެކްސިނަށް ހާއްސަ ކޮށްފައިވާ ވެރިޔާ ޑރ. މޮންސެފް ސްލާއީ ވިދާޅު ވެއްޖެ އެވެ.

އޭނާ ވިދާޅުވާ ގޮތުން މިހާރު ލަފާ ކޮށްފައިވާ ގޮތަށް ގެންދެވޭނެ ނަމަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ނުވަތަ އޭގެ ކުރިޔަށް ވެސް ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށި ދާނެ ކަމުގެ އުންމީދު އެބަ އޮތެވެ.

އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯންޓެކް އިން ފުރިހަމަ ކުރި ކޮވިޑް ވެކްސިނަށް ހުއްދަ ހޯދަން އެފްޑީއޭއަށް ހުށަހަޅާފައިވާއިރު ޓެސްޓްތަކުން ކަށަވަރުވެފައިވާ ގޮތުގައި އެ ވެކްސިނުން 94 ޕަސެންޓު މީހުނަށް ފަރުވާ ލިބެ އެވެ. މީހަކަށް ދެ ޑޯޒް ދޭ ވެކްސިން އުފެއްދި އެ ދެ ކުންފުނިން ވެސް ބަލަނީ މި އަހަރު 50 މިލިއަން ޑޯޒް އުފައްދައި އަންނަ އަހަރު 1.3 ބިލިއަން ޑޯޒް އުފައްދާށެވެ.

މޮންސެފް ވިދާޅުވި ގޮތުގައި މިހާރު އުންމީދުގަ އޮތީ ހުއްދައަށް ފަހު 24 ގަޑިއިރުގެ ތެރޭގައި އެކި ދިމަ ދިމާއަށް ފޮނުވުމުގެ މަސައްކަތް ކުރާށެވެ. އަދި ސްޓޭޓުތަކުގެ އާބާދީއަށް ބަލައިގެން ވެކްސިން ފޮނުވާ އިރު ފުރަތަމަ ދޭނެ ބަޔަކު ނިންމާނީ އެ ސްޓޭޓަކުންނެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ހުއްދަ ލިބޭތާ 24 ގަޑި އިރު ތެރޭ ވެކްސިން ދިމަ ދިމާއަށް ފޮނުވަން ފެށުން،" މޮންސެފް ވިދާޅުވި އެވެ.