ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރައީސް ޓްރަމްޕްގެ ދެކަނބަލުން ޕޮޒިޓިވް ވެއްޖެ

Oct 2, 2020
1

އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވަރަށް އަވަދިނެތި އުޅުއްވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އުމުރުފުޅުން މިހާރު 74 އަހަރުވެފައިވާ ރައީސް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ރައީސް ޓްރަމްޕް ޕޮޒިޓިވްވިކަން ޔަގީންކޮށް ދެއްވާ ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެ ދެ ބޭފުޅުން ވެސް ކަރަންޓީނުގެ ދުވަސްތައް ފައްޓަވާފައިވާ ކަމަށެވެ.

އެ ދެބޭފުޅުންގެ އިތުރުން ވައިޓް ހައުސްގެ މުވައްޒަފުންނާއި ޓްރަމްޕް އާއިލާގެ ބައެއް ބޭފުޅުން ހިމެނި ވަޑައިގަންނަވާ ގޮތަށް 30 އަށް ވުރެ ގިނަ ބޭފުޅުން ކަރަންޓީނުގެ ދުވަސްތައް ހޭދަ ކުރައްވާނެ އެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭނާގެ ގާތް އެޑްވައިޒަރެއް ކަމުގައިވާ ހޯޕް ހިކްސް އަށް ބަލި ޖެހުމުން، ކުރި ޓެސްޓުންނެވެ. ރައީސް ޓްރަމްޕަކީ ކޮވިޑް ބައްޔަކީ މާ ބޮޑު ނުރައްކަލެއް ނޫންކަމަށް ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އެ މަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ، ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެއުމެއްގައި އެމެރިކާއިން އެ ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް އަންނަ އުޅޭކަމަށް ވިދާޅުވެފައި ވަނިކޮށެވެ.