ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޕާކް ހަޔަޓް މޯލްޑިވްސް އަލުން ހުޅުވާނީ ފެބްރުއަރީގައި

Nov 23, 2020
1

ކޮވިޑް-19 އަށްފަހު ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަަހާ ރިސޯޓު އަލުން ހުޅުވާނީ އަންނަ އަހަރު ކަމަށް ބުނެފި އެވެ.

ރާއްޖޭގެ އެންމެ ފެންވަރު މަތީ އެއް ރިސޯޓު ކަމަށްވާ ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަަހާ ރިސޯޓު އަލުން ހުޅުވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.

އެ ރިސޯޓުން ބުނެފައިވާ ގޮތުގައި ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަަހާ އަލުން ހުޅުވާއިރު، 51 ލަގްރަޒީ ރިސޯޓުތައް ހުންނާނެ ކަމަށެވެ.

ކޮވިޑް-19 އަށްފަހު މާޗް 15 ގައި ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި 15 ގަ އެވެ. ރިސޯޓުތައް އަލުން ހުޅުވާލަން ފުރުސަތު ދިނުމާއެކު މިހާތަނަށް 125 ރިސޯޓެއްގެ 28,856 އެނދު ހުޅުވައި ދަނީ ހިދުމަތް ދެމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 59,105 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް 441,952 އަށް ޓޫރިސްޓުން ވަނީ އައިސްފައިވެ އެވެ.