ލައިފްސްޓައިލް

މީހެއްގެ ބަނޑުތެރޭގައި ބޮޑެތި ފަނިތަކެއް

އިންޑިޔާގެ ދިއްލީގައި ދިރިއުޅޭ 20 އަހަރުގެ ފިރިހެނަކު ކުއްލިއަކަށް މާ ބޮޑަށް ބަނޑަށް ތަދުވެ، ބޭރަށް ހިންގާ، މޭ ނުބައި ކުރާތީ ޑޮކްޓަރަށް ދެއްކި އެވެ. މި މީހާގެ ބަނޑަށް ވެގެން އުޅޭ ގޮތެއް ބަލަން އޭނާ ދެއްކި ޑޮކްޓަރު ބޭނުންވީ ސްކޭން ކޮށްގެން ބަލާށެވެ.

ސްކޭން ކުރަން އެމީހާ ވައްދާފައި އޮތް އިރުވެސް އެ ބަނޑުތެރޭގައި ބޮޑެތި ފަނިތަކެއް އުޅޭތީ ފެނިދާނެ ކަމެއް އެތާގައި ތިބި ޑޮކްޓަރުން ވެސް އަދި އެހެން މީހުން ވެސް ހިޔެއް ނުކުރެ އެވެ. ނަމަވެސް ސްކޭން ކުރަން ފެށުމާއެކު މޮނިޓާ އިން ފެންނަން ފެށީ އެމީހާގެ ބަނޑު ތެރޭގައި ބޮޑެތި ފަނިތަކެއް ސްވިމިން ޕޫލެއްގައި ފަތާ ގޮތަށް ފަތަމުން ދަނިކޮށެވެ.

އެއިމްސްގެ ޑޮކްޓަރު ވިވެކް ޗައުރަސިއާ އާއި ޑރ. ސަންޖީވް ބޮއީ ވަނީ މި މީހާގެ މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް "ދަ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން" ގައި ޝާއިއު ކޮށްފަ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހަރުފަތަކެއް ހެން ފަނިތައް އެމީހާގެ ބަނޑުތެރޭގައި އުޅޭތަން ސްކޭނުން ފެނިފައި ވެއެވެ. އަދި އެ މީހާގެ ބޮޑުކަމުދާ އެއްޗެތި ޓެސްޓު ކުރިއިރު އެ ފަނިތައް ބަނޑުތެރެއަށް ބިސް އަޅާފައިވާކަން ޔަގީން ކުރެވުނު ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން މިއީ އެސްކްރިސް ލަމްބްރިކޮއިޑެސް ނަމަކަށް ކިޔާ ބޮޑު ރައުންޑްވޯމް އެކެވެ. މި ވައްތަރުގެ ރައުންޑްވޯމް އަށް 14 އިންޗިއަށް ބޮޑު ވެވެ އެވެ. އަދި އާންމުކޮށް މި ފަދަ ފަނި އުޅެނީ ގޮހޮރުގަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޗައިނާގެ މީހެއްގެ ލޮލުން ވެސް 20 ވަރަކަށް ފަނި ދިރި ދިރިހުއްޓާ ޑޮކްޓަރުން ނަގާފައި ވެއެވެ. ވޭން ނަމަކަށް ކިޔާ 60 އަހަރުގެ މިމީހާ ޑޮކްޓަރަށް ދެއްކީ ލޮލުގައި ރިއްސާތީ އެވެ. މި މީހާގެ ލޮލުގައި ވެސް ހުރީ ރައުންޑްވޯމެވެ. މިއީ އާއްމުކޮށް ޖަނަވާރުންނާއި ގަސްގަހާގެހީގައި އުޅޭ ފަންޏެކެވެ.