ހަބަރު

ޑުރަގާއި ބަނގުރާ ގެންގުޅޭ މީހަކު ކޯޓަށް ގެންދަން ހޯދަނީ

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިނުން މުއާމަލާތް ކުރުމާއި އަތުގައި ބަނގުރާ ގެންގުޅޭ މައްސަލައަކާ ގުޅިގެން މީހަކު ކޯޓަށް ހާޒިރު ކުރަން ބޭނުންވާތީ އެ މީހާ ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ ށ. ފޭދޫ ކޯޓުގައި ބަލާ އެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ ފޭދޫ، ޗޭނުގޭ ސައީދު ހަސަން 47، ހޯދަމުން ގެންދާ ކަމަށެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދޭން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.