ހުރިހާ ޗެނަލްތަކެއް އިތުރު 30 ދުވަސް ވަން ދެން ބަލާލެވޭނެ ޕްރޮމޯޝަނެއް މީޑިއާނެޓުން ފަށައިފި އެވެ.
މީޑިއާނެޓުން ބުނީ މިމަހުން ފެށިންގެން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮމޮޝަނެއް ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން އަލަށް ހިދުމަތް ހޯދާ ފަރާތްތަކަށް ހުރިހާ ޗެނެލްތަކެށް އިތުރު 30 ދުވަސް ވަންދެން ބަލާލެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން މުޅި ރާއްޖެއިން އަލަށް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ވަނީ ހާއްސަ އަގުތަކެއް ކަނޑައަޅާފަ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ މީޑިއާނެޓުން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ކަސްޓަމާ ސާވިސް އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ. އަދި ރަށްރަށުގައި ތިބި އޭޖެންޓުންނާއި ގުޅައިގެން ވެސް އެރަށްތަކަށް ކަނެކްޝަން ގުޅައިދިނުމާއި މައުލޫމާތުވެސް ސާފްކުރެވޭނެ ކަމަށެވެ.