ހަބަރު

ރާއްޖެ ދަތުރުކުރާ އޮސްޓްރޭލިއާ ޓޫރިސްޓުން ސަމާލުވާން އަންގައިފި

Oct 20, 2015

ރާއްޖެ ދަތުރު ކުރުމުގައި ސަމާލުވުމަށް އެދި އޮސްޓްރޭލިއާގެ ޓޫރިސްޓުންނަށް އޮސްޓްރޭލިޔާއިން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ. \

އިއްޔެ ނެރުނު ޓްރެވަލް އެޑްވައިޒަރީ ގައި ބުނަނީ ޓެރަރިސްޓް ހަމަލާއެއް ރާއްޖޭގައި އައުން ގާތްކަމަށާއި، ދިވެހި މުއައްސަސާތަކާއި ސަރުކާރު އިދާރާތަކުގެ އިތުރުން ޓޫރިސްޓުންނަް މިފަދަ ހަމަލާއެއް އަމާޒުވުމަކީ ގާތްކަމެއް ކަށެވެ އަދި އޮސްޓްރޭލިޔާގެ ޓޫރިސްޓުން އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

މީގެ އިތުރުން އޮސްޓްރޭލިޔާ މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ހަމަލާތައް އަމާޒުވުން ގާތް ބައެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މި އެޑްވައިޒަރީ ނެރުނު އިރު މިދިއަ މަހު ރައީސް އަބްދުﷲ ޔާމީން އިންނެވި ލޯންޗު ކޮޅުގައި ވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައެވެ.