ވިޔަފާރި

ސީޕްލޭން ފަށަން އިންޑިއާއަށް ދިޔަ މޯލްޑިވިއަން ކްރޫ ރާއްޖެއަށް

Nov 29, 2020

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށަން ދިޔަ މޯލްޑިވިއަންގެ ކްރޫ އާއި ބޭނުން ކުރި ބޯޓު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މޯލްޑިވިއަން އިން ބުނީ އިންޑިއާގެ ސްޕައިސް ޖެޓުން އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ފަށަން އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމަށް ދިޔަ މޯލްޑިވިއަންގެ ކްރޫ މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. މި ކްރޫ ރާއްޖެ އައުމާ ގުޅިގެން މޯލްޑިވިއަން އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މި ކްރޫ އަށް މަރުހަބާ ކިޔާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އެވެ.

އިންޑިއާ އިން ވަނީ އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ފަށާފަ އެވެ. އިންޑިއާގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން މި ދަތުރުތައް ފަށާފައިވަނީ މިދިޔަ މަހުގެ 31 ގަ އެވެ.