މޯލްޑިވިއަން

އިންޑިއާ ޓީޗަރުން ފުރަން މޯލްޑިވިއަންގެ ދަތުރުތަކެއް

Jun 8, 2021

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުން އެނބުރި އެ ގައުމަށް ދާން މޯލްޑިވިއަންގެ ފްލައިޓް ތަކެއް ބާއްވަން ނިންމައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނީ އިންޑިއާ ޓީޗަރުންނަށް ހާއްސަ ކުރާ ފްލައިޓްތައް އޮންނާނީ މިމަހުގެ 18 އާއި 19 އެ ދެ ދުވަހު ކަމަށެވެ.

މި ފްލައިޓްތައް އޮންނާނީ އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަށެވެ. އިންޑިއާގެ އެ ދެ ސިޓީއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާ އަށް ވެސް ދާ ދެ ސިޓީ އެވެ. ރާއްޖޭގެ ސްކޫލްތަކުގައި ގިނަ އަދަދެއްގެ އިންޑިއާ ޓީޗަރުން މަސައްކަތް ކުރެ އެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކެއް އިންޑިއާގެ ދެ ސިޓީއަކަށް ބާއްވާއިރު އިންޑިއާގެ ބަޖެޓު އެއާލައިންއެއްގެ އިތުރުން ތިން އެއާލައިނަކުން ދަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ.