މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ތޫފާން ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯ މީޓަރު ދުރުގައި

Dec 3, 2020
2

ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް "ބުރެވި" ތޫފާން މިހާރު އަރާފައިވާއިރު ތޫފާނުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކުރަން ފަށާފަ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ބުރެވި ތޫފާން ހުޅަނގު، ހުޅަނގު އުތުރަށް ދަތުރުކޮށް މިއަދު ހެނދުނު ސްރީލަންކާގެ ކޮމޮރިން ސަރަހައްދު ތެރެއަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ވެސް އިތުރަށް ބާރު ގަދަވަމުން ދާ ކަމަށެވެ.

މެޓުން ވައިޓް އެލާޓެއް ރޭ މެންދަމު 2:30 އިން ފެށިގެން މިއަދުގެ މެންދުރު ފަހަށް އޮތް އިރު ތޫފާން ބުރެވި މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން 870 ކިލޯ މީޓަރު ދުރުގަ އެވެ. ތޫފާން ދަތުރު ކުރަމުން ދަނީ ހުޅުނގު، ހުޅަނގު އުތުރަށް ގަލްފު އޮފް މަނާރަށެވެ.

އޭގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް
ގުރުމާއެކުގު ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.

މިއަދު ރާއްޖެއަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭ ލަށް ވައިގަދަވާނެ އެވެ. ކަނޑުތައް ގަދަވާނެ އެވެ.