ބިން ހިއްކުން

ގުރައިދޫ ބިންކުމުގެ މަސައްކަތުގެ އަޕްޑޭޓް ދީފި

Dec 3, 2020

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 48 ޕަސެންޓް މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގައި ބިން ހިއްކުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އަށް ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

ގުރައިދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދޭ މި މަޝްރޫޢުގެ ދަށުން، 644,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއި ބިން ހިއްކުމާއި، 1200 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި އެ މަޝްރޫއަކީ 85.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް ފެށީ އޯގަސްޓް 15، 2020 އެވެ.