ބަނދަރު ޕްރޮޖެކްޓް

ހަންޏާމީދޫ ބަނދަރުގެ އަޕްޑޭޓް ދީފި

Dec 6, 2020

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ އަޕްޑޭޓް އެމްޓީސީސީން ދީފި އެވެ.

އެމްޓީސީސީން ބުނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށާއި 32.2 މިލިއަން ރުފިޔާގެ މަޝްރޫއުގައި 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި އަދި މަގުބައްތި ހަރު ކުރުން ހިމެނޭ ކަމަށެވެ.

މި މަޝްރޫއުގައި ސޮއިކޮށްފައި ވަނީ 29 ޑިސެމްބަރ 2019 ގައެވެ.