މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރަށް މިމަހު 100 ޕްރައިވެޓް ޖެޓް ޖައްސަަނީ

Dec 7, 2020
7
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޕްރައިވެޓް ޖެޓު ޕާކު ކޮށްފައި: ޖެޓް ޖައްސާ މިންވަރު ވަނީ އިތުރުވެފައި -- ފޮޓޯ: ޑައިނަމިސްޓް
33.3%
0%
66.7%

މާފަރުގައި ތަރައްގީ ކޮށްފައިވާ، އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޖެޓުގެ އަދަދު 59 ޕަސެންޓް އިތުރުވެ، މި މަހު އެކަނި 100 ޖެޓު ޖައްސާނެ ކަމަށް އަންދާޒާ ކޮށްފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން މެނޭޖު ކުރާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒު އަލީ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި މި މަހު އެ އެއާޕޯޓަށް ޖައްސާ ޖެޓުގެ އަދަދު އުޅޭނީ 40 ގަ އެވެ. ނަމަވެސް ޓޫރިޒަމް މައި ސީޒަނާއެކު ރާއްޖޭގެ ޑިމާންޑް އުފުލެމުން ދިއުމާއެކު ރާއްޖެ އަންނަ ޖެޓުގެ އަދަދު އިތުރުވެ މި މަހު އެކަނި 100 ޖެޓު ޖައްސާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ގިނަ ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓުގެ ޖީއެމް، ވިދާޅުވި ގޮތުގައި މި އަހަރު މަހުން މަހަށް ޕްރައިވެޓް ޖެޓު ޖައްސާނެ އަަދަދު ވެސް އިތުރުވާނެ ކަމަށް ދައްކަ އެވެ. އެގޮތުން ބޯޑަރު ހުޅުވި ޖުލައި މަހު އެ އެއާޕޯޓަށް ޖައްސާފައި ވަނީ 15 ޕްރައިވެޓް ޖެޓެވެ. ނަމަވެސް އޯގަސްޓް މަހު 14 ޖެޓު ޖެއްސުމަށް ފަހު ސެޕްޓެމްބަރު މަހު ޖައްސާފައި ވަނީ 13 ޖެޓެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރައިވެޓް ޖެޓު ޖެއްސި އަދަދު މި އަހަރުގެ އޯގަސްޓް މަހުން ފެށިގެން ވަނީ ބޮޑުތަނުން މަތިވެފަ އެވެ. އެ މަހު އެކަނި 41 ޕްރައިވެޓް ޖެޓެއް ވަނީ ޖައްސާފަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު 65 ޖެޓު ޖައްސައި ހިދުމަތް ދީފައިވާއިރު، މިއީ 59 ޕަސެންޓުގެ އިތުރުވުމެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފައިވާ ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 18 ޕްރައިވެޓް ޖެޓަކަށް ވަނީ ހިދުމަތް ދީފަ އެވެ.

ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓު ޖެއްސުމަކީ މިހާރު މާލީ ގޮތުން ދަތި ކަމެއްގައި އޮތް ގައުމީ އެއާލައިނަށް ލިބޭނެ މާލީ ކުރިއެރުމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަ ކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ. ރަންވޭގެ އިތުރުން ޓާމިނަލް އާއި ލައުންޖެއް ވެސް އެ އެއާޕޯޓުގައި ހުރެ އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހުސޭނުކޮއި

ޔާމިންގެ ވެރިކަމުގަ މިތަން ހަދަން ފެށީމަ ވެލާ ބިސް އަޅާނެ ތަނެއް ނެތޭ، ހަމަ މިހާރު ހުއްޓާލަން ޖެހޭ ކަމެކޭ ކިޔާފަ ހޭރުނު ކުދިން ކިޔަނީ މިޔޮތީ ސޯލިހު ޓޫރިޒަމް ކުރި އަރުވާފަޔޯ. ބޮލަށް ބެރި ވެއްޓިފަ ތިބޭ މީހުން ހަމަ އެމް.ޑީ.ޕީގަ ގިނައޫ. ޝުކުރިއްޔާ ޔާނު... އަދި އެއްފަހަރު ޔާނު އެބަޖެހެ ވެރިކަން ކޮށްލަން.. ބުނާކަށް ފިސާރި ހިކުމައިތެރި ވެރިޔެއް

ހަސަންބެ / މަރަދޫ

ރާއްޖޭގައި ކާމިޔާބުކަމާއެކު އެއަޕޯޓް ހިންގޭނީ ޓުއިރިޒަމް ޒޯންތަކުގައިކަން މާފަރަށް ބަލާލުމުންވެސް އެބައިގޭ .ހުވަދޫގައި އިންޓަރނޭޝަނެލް އެއަރޕޯޓެއް ނެތުމަކީ ދެކުނުގެ ޓުއަިރިޒަމް ކުރިޔަށް ނުދާސަބަބު ..

ޙާ މް

ތިކަން ނުކުރާނެ ކަލޯ. ޢަދިވެސް މާލޭ ސަރުކާރު ބިރުގަނޭ ސުވަދިވް ރިޕަބުލިކް އުފެދިދާނެތީ. އެހެންވެ އެން މެ ބޮޑަށް ތިކަން ނުވާނީވެސް

އިބްރާހިމް6684

އެއަރޕޯޓް ފުޅާކޮށް އިތުރަށް ތަރައްގީ ކުރުމަށް ފެނޭ، ލިބޭއާންދަނީ އިތުރުކުރުކުރުމަށްޓަކައި

ލަތީފާ

ކޮބާތަ އީޕީއޭއިން ނެރުނު ރިޕޯޓް، މާފަރަކީ އުންމީދީ އެއަރޕޯޓެއް. އެއަރޕޯޓް ބޮޑުކުރުން ހުއްޓުވަން ޖެލަސްވާ މީހުން ނުޅޭ

އިސްމާއީލް އިއްސެ

ހަމަ ރައީސް ޔާމީން ގެ ތަރައްގީ

މުއްތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަ ކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ އެއާޕޯޓެކެވެ. ވަރަށް އަސަރުކޮށްފި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345