ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޖުމްލަ ރިޒާވްގައި 638.1 މިލިއަން ޑޮލަރު

Dec 7, 2020

ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު ހުރީ 638.1 މިލިއަން ޑޮލަރު ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން މި މަހުގެ އެއްވަނަ ދުވަހު އާއްމު ކުރި މިދިޔަ މަހުގެ އިކޮނޮމިކް އަޕްޑޭޓް އަދަދުގައިވާ ގޮތުން އޮކްޓޫބަރު މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި 696.1 މިލިއަން ޑޮލަރު ހުރި ނަމަވެސް ޖުމްލަ ރިޒާވް މިހާރު ވަނީ 638.1 މިލިއަން ޑޮލަރަށް މަދުވެފަ އެވެ.

ރާއްޖޭގެ ރިޒާވް ހާއްސަ ކޮށްފައި އޮންނަނީ ރާއްޖެއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރަން ބޭނުން ވާނެ ޑޮލަރު ފޯރު ކޮށްދޭށެވެ. ރާއްޖޭގައި އާއްމު ގޮތެއްގައި ހުންނަނީ ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ.

ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިދޮރު އެއްކޮށް ބަންދުވުމާއެކު ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށްވެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ފަހަރު ޔޫޒަބަލް 122 މިލިއަން ޑޮލަރަށް ވެއްޓުނެވެ. މީގެ ކުރިން ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވަނީ ނޮވެމްބަރު 16، 2016 އިގަ އެވެ. އެ ފަހަރު ރިޒާވް 110.57 މިލިއަން ޑޮލަރަށް ދަށްވި އެވެ.