ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގައުމީ ޕޭމަންޓް ސިސްޓަމަށް ކޮންސަލްޓަންޓަކު ހޯދަނީ

Jan 7, 2021
2

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިންގާ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރަން ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަން އިއުލާނެއް ކޮށްފި އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ޓެކްނިކަލް ކޮންސަލްޓަންޓަކަށް ވެވަޑައިގަތުމަށް ބޭނުންވާ ފަރާތުން ޝައުގުވެރިކަން ފާޅު ކުރަން ޖެހޭނީ މި މަހުގެ 14 ވަނަ ދުވަހުގެ ކުރިންނެވެ. އަދި އެކަމަށް އެދެން ޖެހޭނީ މަހުގެ 21 ގެ ކުރިންނެވެ.

ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ނަގުދު ފައިސާ ބޭނުން ކުރުން މަދު ކުރުމުގެ ގޮތުން، ގައުމީ ޕޭމަންޓް ސިސްޓަމެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ދުނިޔޭގައި މަޝްހޫރު "ޓިއޭޓޯ އެވްރީ" ގެ ސަބްސިޑަރީއެއް ކަމަށްވާ ފިންލޭންޑްގެ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާއެވެ.

ޕޭމަންޓް ސިސްޓަމްގެ މައުލޫމާތު މަޖިލީހަށް ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 އިގެ ހާލަތުގެ ސަބަބުން ރާއްޖެއަށް މިފަދަ ސިސްޓަމެއްގެ ބޭނުން ވަރަށް ބޮޑަށް ހާމަ ވެގެން ގޮސްފައިވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ މިފަދަ ސިސްޓަމެއް ރާއްޖޭގައި ގާއިމު ކުރުމަކީ ކުރީންސުރެ އޮތް ރޭވުމެއް މަށާއި، ލަސްވެގެން ދިއައީ، ކޮވިޑުގެ ހާލަތުގައި އެކަމާ ގުޅޭ މާހިރުން ރާއްޖެއަށް ވަޑައިގަތުމަށް މެދުވެރިވި ދަތިތަކާއެކު ކަމަށެވެ. އަދި 2020 ގެ އޮކްޓޯބަރު މަހު އެ ސިސްޓަމް ލައިވް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖެެއަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމަކަށްވީ ނަމަވެސް، އެ ސިސްޓަމް ގާއިމް ކުރުމާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް ފަސޭހަ ކަމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ.