ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގިނަ އަަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ފަރީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރެއިން ކަމަަަށެވެ. މީގެ ދެ ގަޑިއެއްހާއިރު ކުރިން ފެށިގެން އެ ސަރަހައްްދު ބަންދުކޮށްގެން ފުލުހުން ދަނީ އެ ކާރު ފާސްކުރަމުންނެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކަނޑާއި އެއްގަމުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި ފަރީދީމަގުގައި ފުލުހުން ހަރަކާތްތެރިވަނީ ރާއްޖެއަށް ޑްރަގް އެތެރެކުރާ ނެޓްވޯކަކުން އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ޑްރަގްސް ކާރެއްގެ ތެރެއިން ފެނިގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް ގުޅިގެން ކަނޑުމަތީ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފަރީދީމަގުގައި ހުރި އަވަސްގެ ރިޕޯޓަރު ބުނީ ފުލުހުން ބަލަމުންދާ ކާރުގެ ޑިކީގައި ދެ ގޯނީގައި އެއްޗެެހިތަކެއް ހުރި ކަމަށެވެ.