ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކްރީތީ ސެނަން

ކްރީތީއާ މަނީޝް ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިންޑިޔާގެ ޗަންދީގަޅްގައި އެކްޓަރު ރާޖްކުމާރު ރާއޯއާއެކު ފިލްމެއްގެ ޝޫޓިންގްގައި އުޅެފައި އެނބުރި މުމްބާއީއަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވެ ބަތަލާ ކްރީތީ ސެނޯން ވެސް ކޮވިޑަށް ޕޮޒިޓީވް ވެއްޖެ އެވެ.

ޝޫޓިން ނިންމާފައި ކްރީތީ އެނބުރި މުމްބާއީ އަށް އައިސް އެއާޕޯޓުން ނުކުތް ތަނުން ޕަޕަރާޒީން ވަނީ އޭނާގެ ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. ނަމަވެސް ފޮޓޯ ނެގިއިރު ވެސް ކްރިތީ އޭނާގެ މާސްކް ވެސް ތިރި ކޮށްފައެއް ނުވެ އެވެ.

ކްރީތީ ޕޮޒިޓިވްވީ ކަމަށް އިންޑިޔާގެ މީޑިއާ ތަކުން ބުނި ނަމަވެސް ކްރީތީ އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ. ނަމަވެސް މަނީޝް ޕޯލް ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްކަމަށް ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

މަނީޝް އަކީ ވަރުން ދަވަން އާއި ނީތޫ ސިންގް އާއެކު "ޖުގް ޖުގް ޖިޔާ"ގެ ޝޫޓިންގްގައި ބައިވެރިވި އެކްޓަރެކެވެ. މި ފިލްމުގެ ޝޫޓިންގްގެ ބައިވެރިންގެ ތެރެއިން އެންމެ ކުރިން ކޮވިޑަށް ޕޮޒިޓިވްވީ ނީތޫ އާއި ވަރުން އެވެ. އަދި އެ ފިލްމުގެ ޑައިރެކްޓަރު ރާޖް މެހެތާ ވެސް ފަހުން ކޮވިޑަށް ޕޮޒިޓިވް ވިއެވެ.

މަނީޝް ޕޮޒިޓިވް ވީކަން ހާމަކުރީ އިއްޔެ އޭނާ އިންސްޓަގްރާމްގައި ޝެއާ ކުރި މެސެޖެއްގަ އެވެ. މަނީޝް ލިޔެފައިވާ ގޮތުގައި އޭނާ ޕޮޒިޓިވް ވިޔަސް ބަލީގެ އަލާމާތްތައް ފެނިފައިވަނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުން ވަރަށް އަވަހަށް މުޅިން ފަސޭހަވެގެން އެނބުރި އާދެވޭނެކަމަށް ޔަގީންކުރާ ކަމަށް މަނީޝް ބުނެފައި ވެއެވެ.

"ޖުގް ޖުގް ޖިޔޯ"ގެ ޝޫޓިން އޮތީ ޗަންދީގަޅްގަ އެވެ. ނީތޫ އާއި ވަރުން ޕޮޒިޓީވް ވީކަން އެނގުމާއެކު ރަންބީރު ވަނީ އެއާ އެމްބިއުލެންސެއް ޗާޓާކޮށްގެން ނީތޫ މުމްބައި އަށް ގެންގޮއްސަ އެވެ. އަދި މިހަރު ހޮސްޕިޓަލުގައި ނީތޫ އަށް ފަރުވާ ދެމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.