ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާ-ބަޔޮންޓެކް ވެކްސިން ޑާޓައަށް ހެކަރުން ވަދެގެންފި

ޔޫރަޕިއަން މެޑިސީންސް އޭޖެންސީ (އީއެމްއޭ) އަށް ހެކަރުން ދިން ހަމަލާއެއްގައި، ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިނާ ގުޅުން ހުރި ބައެއް ލިއުންތައް ހެކަރުން ބަލައިފި އެވެ. ފައިޒާ-ބަޔޮންޓެކާއި އީއެމްއޭއިން ވެސް މިކަން ކަށަވަރު ކޮށްދެ އެވެ. އީއެމްއޭއަކީ ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގައި ބޭނުންކުރާ ބޭހާއި ވެކްސިނާ ބެހޭ ގޮތުން ގޮތް ނިންމައި ފަހުބަސް ބުނާ އިދާރާ އެވެ.

އީއެމްއޭ އަށް ހެކަރުން ވަދެގަތީ ކިހިނެއް ކަމެއް އަދި ނުބުނެ އެވެ. މި ހަމަލާދިން ބަޔަކޭ ބެހޭ ގޮތުން އެ އޭޖެންސީން އަދި ވާހަކައެއް ނުދައްކަ އެވެ.

ފައިޒާ-ބަޔޮންޓެކުން ބުނަނީ ބައެއްގެ ޒާތީ މައުލޫމާތު ގެންދިޔަހެން ހީނުވާ ކަމަށެވެ. އީއެމްއޭއިން ބުނާ ގޮތުގައި، މި ހަމަލާގެ ސަބަބުން، އީއެމްއޭއިން ކުރަން ހުރި މަސައްކަތްތައް ވަގުތުން ކައްސާ ނުލާނެ އެވެ.

ފައިޒާ-ބަޔޮންޓެކުން ބުނީ ޔޫރަޕިއަން މެޑިސީންސް އޭޖެންސީގެ ސާވާތަކަށް ހެކަރުން ވަދެގަތް ހަބަރު ދިނީ އެ އޭޖެންސީން ކަމަށެވެ. އަދި ހެކަރުން ބައެއް ލިޔުންތައް ބަލާފައިވާކަން ލޮގްތަކުން އެނގޭ ކަމަށެވެ.

ބޭސް އުފައްދާ ކުންފުނިތަކާއި ރެގިއުލޭޓަރުންނާ ދެމެދު ހިއްސާކުރާ ލިޔުންތަކާއި މައުލޫމާތަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް މާހިރުން ބުނެ އެވެ. އެއީ ވެކްސިން އުފެއްދި ގޮތާއި، ވެކްސިންގައި ހިމެނޭ މާއްދާތައް ބޭނުން ކުރެވިފައި ހުރި މިންވަރު ލިޔުންތަކުގައި ކިޔައިދީފައި ހުންނާތީ އެވެ. އެހެންކަމުން، ވާދަވެރި ބަޔަކު ވެކްސިނެއް އުފައްދަން އެދޭ ނަމަ މިއަށް ވުރެ އެހެން އެއްޗެއް މުހިންމެއް ނުވާނެ އެވެ.

މިއީ ބަލަމުންދާ މައްސަލައަށް ވާތީ ކަމާ ގުޅުން ހުރި މައުލޫއަށް ވާހަކަ ދެއްކުމަކީ އީއެމްއޭ އަށް އަދި ފައިޒާ-ބަޔޮންޓެކަށް ކުރެވެން އޮތް ކަމެއް ނޫނެވެ.