ފީފާ

ގަތަރު ވޯލްޑްކަޕް ވަނީ އެންމެ ފުރިހަމަ މުބާރާތަށް

ގަތަރުގައި 2022 ގައި ބާއްވާ ވޯލްޑް ކަޕް ވެގެން ދާނީ ދުނިޔޭގެ ތާރީހްގައި ބާއްވާނެ އެންމެ ފުރިހަމަ ވޯލްޑްކަޕަށް ކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ ވިދާޅުވެއްޖެ އެވެ.

އޮންލައިން ކޮށް އިއްޔަ ކުރިއަށް ގެންދިޔަ އޭއެފްސީ ކޮންގްރެސްގައި ވާހަކަ ދައްކަމުން، އިންފަންޓިނޯ ވިދާޅުވީ، ދުވަސްތަކެއް ކުރިން އޭނާ ދޯހާ އަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެވި ކަމަށެވެ. އެ މަސައްކަތް ދަނީ ވަރަށް ފުރިހަމަ ގޮތެއްގައި ކަމަށް އިންފަންޓިނޯ ވިދާޅުވި އެވެ.

"އަހަރެން ދޯހާ އަށް ގޮސް މަސައްކަތް ކުރިއަށްދާ ގޮތް ބަލާލިން އެކަން ދަނީ ވަރަށް ފުރިހަމަ ކަމާއެކު،" އޭއެފްސީ ކޮންގްރެސްގައި ވާހަކަ ދައްކަމުން އިންފަންޓިނޯ ވިދާޅުވި އެވެ. "ހުރިހާ ކަމެއް ތައްޔާރު ވާނެ، ޙުރިހާ ކަމެއްވެސް ހުންނާނީ ވަރަށް ފުރިހަމަ ކޮށް، އަހަރެމެން އެންމެނަށް އެކަމުގައި ބައިވެރި ވެވޭނެ، ފުޓްބޯޅައިގެ އެންމެ ޝާމިލު ވުމާއެކު އެ މުބާރާތް ވެގެންދާނީ މިހާތަނަށް ދުނިޔެ ނުދެކޭ ވަރުގެ ފުރިހަމަ މުބާރާތަކަށް."

އިންފަންޓިނޯ ވިދާޅުވީ، ފީފާގެ ރައީސް ކަމާ 2016 ގައި އޭނާ ހަވާލުވިރު ފީފާގެ ހާލަތު އޮތީ ގޯސް ކޮށް ކަމަށެވެ. މުޅި ދުނިޔެ ބަލި މަޑުކަމާއި އާފަތަށް ވެއްޓުމުގެ ފަސް އަހަރު ކުރިން ފީފާ އޮތީ ބަލި މަޑުކަމަށް ވެއްޓިފައި ކަމަށެވެ. އެހެންނަމަވެސް އޭނާ އައިސް ކުރެވުނު މަސައްކަތުން ފީފާގެ އޮތް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަހަރެން މިހާރު ވަރުގަދަ ފީފާ އޮތީ ވަރުގަދަ ކޮށް އަދި ބަދަހިކޮށް އަހަރެމެންނަށް އެހީތެރި ވެވޭނެ އަދި އެއީ އަހަރެމެން ކުރަން ޖެހޭނެ ކަމެއް."

އޭނާ ބުނީި ގައުމުތަކަށް ކޮވިޑް-19 އިން އަރައި ގަތުމަށް އެހީތެރިކަން ވެދވުނީ ފީފާގެ މާލީ ހާލަތު ވަރަށް ބޮޑުތަނުން މިހާރު ވަރުގަދަ ވެފައި އޮތުވުމުން ކަމަށެވެ.