ވިޔަފާރި

ދިރާގާއި ސްޕާކްހަބް އިން ލީން ސްޓާޓްއަޕް ޕްރޮގްރާމެއް

Dec 10, 2020

ދިރާގާއި ސްޕާކް ހަބް ގުޅިގެން ޒުވާނުންނަށް އަމާޒުކޮށް "ލީން ސްޓާޓްއަޕް" ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ ރާއްޖޭގައި މި ޕްރޮގްރާމް ހިންގާ ފުރަތަމަ ފަހަރެވެ.

ދިރާގުން ބުނި ގޮތުގައި "ލީން ސްޓާޓްއަޕް" ޕްރޮގްރާމުގައި ދަސްކޮށްދޭނީ، ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭ އެންމެ ފުރިހަމަ ގޮތްތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލީން މެތަޑޮލިޖީ ކޮންސެޕްޓް ކަމަށެވެ. މިއީ ދުނިޔޭގެ ގިނަ ކުންފުނިތަކުގައި ބޭނުންކުރާ މެތަޑެކެވެ.

މި ޕްރޮގްރާމް ކުރި އަށް ދާނީ މި މަހުގެ 26 އިން 27 އަށް ވާޗުއަލް ކޮށެވެ.

ދިރާގުން މީގެ ކުރިން ވެސް ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ޑިއޮލޮޕަރުންނަށް ހާއްސަކޮށް ހެކަތޯން އެއް ވެސް ބާއްވާފައިވެ އެވެ.