ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެފްޑީއޭއިން ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިނަށް ހުއްދަދީފި

އެމެރިކާގައި ބޭނުން ކުރަން ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިނަށް އެފްޑީއޭއިން ހުއްދަދީފި އެވެ. އެމެރިކާގައި ކޮވިޑް ޖެހިގެން 292،00 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ކޮވިޑް ވެކްސިނަށް ހުއްދަ ލިބުމަކީ އެ ގައުމަށް ބޮޑު އުފަލަކަށް ވާނެ އެވެ.

އެފްޑީއޭއިން އިމާޖެންސީ ބޭނުންތަކަށް ހުއްދަ ދެމުން ބުނެފައި ވަނީ ފައިޒާ-ބަޔޮންޓެކް ވެކްސިން ދެޥޭނީ 16 އަހަރުން މަތީ އުމުރުގެ މީހުނަށް ކަމަށެވެ. ތަހުލީލުތައް އަދި ވެސް ކުރިއަށް ދާ މި ވެކްސިނަކީ ބައްޔާ ދެކޮޅަށް 95 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

އެމެރިކާގައި ވެކްސިންދޭން ފަށާއިރު، އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތަށް، ފުރަތަމަ ވިޔަފައި، 2.9 މިލިއަން ޑޯޒް ޚާއްސަ ކުރާނެ ކަމަށް ވަނީ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނާއި، ދޮށީ އުމުގެ މީހުން އަދި ސިއްހީ މަރުކަޒުތަކުގައި ބަލިމީހުން ގާތު މަސައްކަތްކުރާ އޮފިޝަލުންނެވެ.

ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިން އެންމެ ފުތަމަ ބޭނުންކުރަން ފެށީ އިނގިރޭސިވިލާތުގަ އެވެ. ސައޫދީ އަރަބިޔާ، ބަހުރެއިން، ކެނެޑާ އަދި މެކްސިކޯ އިން ވެސް މިހާރު ވަނީ މި ވެކްސިނަށް ހުއްދަދީފަ އެވެ.

އިނގިރޭސިވިލާތުގައި ވެކްސިން ދޭން ފެށިތަނުން، އެލާޖީ ހުންނަ މީހުންނަށް ބޮޑުވަރު ވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެހެންކަމުން، މިހާރު ވަނީ އުސޫލުތައް ބަދަލުކޮށް، އެއްވެސް ޒާތެއްގެ އެލާޖީއެއް ހުންނަ ނަމަ، އެ މީހަކު ވެކްސިންނުޖެހުމަށް ލަފާދީފަ އެވެ.

އެފްޑީއޭއިން ކޮވިޑް ވެކްސިނަށް ހުއްދަނުދީގެން ޓްރަމްޕް ހުންނެވީ އިންތިހާ އަށް ކޯފާވެވަޑައިގެންފަ އެވެ. އެފްޑީއޭއިން ހުއްދަދޭތާ 24 ގަޑިއިރު ތެރޭގައި އާންމުކޮށް ދޭން ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.