ފައިސަލް ނަސީމް

ނައިބު ރައީސް ދެކުނުގެ ދެ ސިޓީއަށް

ނައިބު ރައީސް ފައިސަލް ނަސީމް، ދެކުނުގެ ދެ ސިޓީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ ދެކުނު ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ އައްޑޫ ސިޓީ ކަމަށެވެ. އެ ސިޓީއަށް ވަޑައިގެން ވެރިރަށް ހިތަދޫގައި ހުންނަ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި މެނޭޖްމަންޓާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ އަތޮޅު ހުޅުދޫއަށް ޒިޔާރަތް ކުރައްވާ އެރަށުގައި ގާއިމުކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އަޅުއްވާދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ދެކުނުގެ ދެވަނަ ސިޓީ، ފުވައްމުލަކަށް ނައިބު ރައީސް ވަޑައިގެން ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި، އެރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާނެ އެވެ. އަދި އެއް ފަހަށް އޮންނަ އެ އަތޮޅުގެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ، މެނޭޖްމަންޓާ ބައްދަލު ކުރައްވާނެ އެވެ.

ރައީސްގެ ނައިބު އެނބުރި މާލެ ވަޑައިގަންނަވާނީ މިރޭގެ މެންދަމު އެވެ.