ޑރ. މުހައްމަދު މުއިއްޒު

ކެމްޕޭން ކުރެވޭތޯ މުއިއްޒު ސުވާލުކޮށްފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ދޮރުން ދޮރަށް ކެމްޕެއިން ކުރާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ. މުއިއްޒަކީ ޕީޕިއެމްގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.

މުއިއްޒު އެއްސެވީ ކައުންސިލް އިންތިހާބުގައި މިހާރު ދޮރުން ދޮރަށް ފަދަ ކެމްޕޭނުތަށް ކުރުން ހުއްދަ ކުރީ ހެއްޔެވެ؟ އޭނާ އަކީ ވެސް ކެންޑިޑޭޓަކަށްވާއިރު އޭނާ ހުންނެވީ އެއީ އަދި މިވަގުތަށް މަނާކަމެއްކަމަށް ދެކެ ވަޑައިގެން ކަށެވެ.

މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ކެމްޕެއިން ކުރަމުންދާ އިރު ހަމަހަމަ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މާލޭގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ކެމްޕޭނު ފަށައި ދޮރުން ދޮރަށް ކެމްޕެއިނު ކުރަމުން ދެއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ޕާޓީތަކުގެ ކެމްޕެއިންތައް އޮތީ ހުއްޓާާލާފަ އެވެ.

މިހާރު އިއުލާންކޮށްފައިވާ ގޮތުން ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހު އެވެ.