އެމްޑަބްލިއުއެސްސީ

ފެންކުންފުންޏަށް ކަޕްކޭކް އަޅައިދޭނެ ބަޔަކު ހޯދަނީ

Dec 13, 2020
3

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަށް ކަޕްކޭކެ ތައްޔާރު ކުރާނެ ބަޔަކު ހޯދަން ފަށައިފި އެވެ.

މާލޭ ފެން ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނަނީ އެ ކުންފުންޏަށް ކަޕްކޭކް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި ކަޕްކޭކް އަޅަނީ 25 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށެވެ.

އަދި ބުނީ ފެން ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ކުންފުނީގެ ރިހިޔޫބީލް މުނާއްސަބަތަށް ކަޕްކޭކް ތައްޔާރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މަައުުލޫމާތު ސާފު ކުރުމަށް ފަހު އަގު ހުށަހަޅަން އެދޭ ކަމަށެވެ.

ފެންކުންފުނީގެ ކަޕްކޭކް ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށެވެ. މީ ބީލަމުގައި ހިމެނެނީ ކަޕްކޭކް ބޮކްސް ތައްޔާރު ކުރުމާއި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް ކަޕްކޭކް އަޅައިދިނުމެވެ.

މި ބީލަމުގެ މައުލޫމާތު ސާފު ކުރުން އޮންނާނީ މާދަމާ 11:00 ޖަހާއިރު އެވެ. އަގު ހުށަހެޅުން މި މަހުގެ 17 ވަނަ ދުވަހު 11:00 ޖަހާއިރު އެވެ.