ލައިފްސްޓައިލް

ސައޫދީގައި ކައިވެންޏަކަށް ދިޔަ އާއިލާއެއްގެ އެންމެން މަރު

ސައޫދީ އަރަބިޔާގެ ކައިވެނި ޕާޓީއަކަށް ދިޔަ އާއިލާއެއް ތިބި ކާރެއް އެހެން ކާރަކާ ޖެހި ހިނގި އެކްސިޑެންޓެއްގައި އެ އާއިލާގެ ހަތަރު މީހަކު މަރުވެއްޖެ އެވެ.

މަރުވީ އާއިލާގެ އެންމެ އިސް މީހާ އާއި އޭނާގެ އަންހެނުން އަދި ފިރިހެން ދަރިފުޅާއި ޅީ ދަރިފުޅެވެ.

ރިޔާދުގައި ދިރިއުޅޭ މި އާއިލާއިން މިދިޔަ ހުކުރު ދުވަހު ކާރުގައި ދަތުރު ފެށީ އާސިރް ކިޔާ ރަށެއްގައި އޮތް ތިމާގެ މީހެއްގެ ކައިވެނީގެ ރަސްމިއްޔާތަކަށް ދިއުމަށެވެ. ބިޝާ ކިޔާ ސަރަހައްދަކާ ހަމައިން މި އާއިލާ ތިބި ކާރާއި ބޮޑު ޓްރަކެއް ޖެހި އެކްސިޑެންޓްވެ ކާރުގައި ތިބި ހަތަރު މީހުން ވެސް ވަނީ މަރުވެފަ އެވެ.

މި މީހުން މަރުވި ޚަބަރު ލިބުމުން ކައިވެނީގެ ރަސްމިއްޔަތު ކެންސަލްކޮށް ފަހުގެ ތާރީޚެއްގައި އަލުން ކައިވެނި ކުރާ ގޮތަށް ނިންމާފައިވާ ކަމަށް ސައޫދީ ނޫސްތަކުން ބުނެފައި ވެއެވެ.