ލައިފްސްޓައިލް

ޖަމްރާތަކަށް އުކާ ހިލަތަކަށް ފަހުން ހަދަނީ ކިހިނެއް؟

ހައްޖުވެރިން ޖަމްރާއަށް ހިލަ އުކަނީ
0%
0%
0%

ހައްޖުގެ އަޅުކަމުގެ މަނާސިކުގެ ތެރެއިން ތިން ޖަމްރާއަށް ހިލަ އުކުމަކީ އެންމެ މުހިއްމު އެއް މަނާސިކެވެ. ހައްޖުވެރިންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް 21 ހިލަކޮޅުހޮވައި އެ ހިލަކޮޅުތައް ތިން ޖަމްރާއަށް އުކަން ޖެހެ އެވެ.

މިނާގައި ހުންނަ މި ޖަމްރާތަކަށް އެތައް މިލިއަން ބަޔަކު ހިލަ އުކުމަށްފަހު އެ ތަނުގައި ވަރަށް ގިނަ އަދަދެއްގެ ހިލަކޮޅުތައް ހުންނާނެކަން ޔަގީނެވެ. އަދި ހައްޖުގެ އަޅުކަން ނިމުމަށްފަހު މި ހިލަކޮޅުތަކަށް ހަދަނީ ކިހިނެއްތޯ ބަލާލަން ޝައުގުވެރިވާ މީހުން ވެސް ތިބޭނެކަން ޔަގީނެވެ.

މިނާގައި ހައްޖުވެރިން ފުރިހަމަކުރާ އަޅުކަންތައްތައް އިންތިޒާމުކޮށް ތަރައްގީކުރުމާ ހަވާލުވެފައިވާ ކިޑާނާ ޑިވެލޮޕްމަންޓް ކޮމްޕެނީގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އަހްމަދު އަލް-ސޫބީ ވިދާޅުވި ގޮތުގައި ޖަމްރާތަކަށް ހިލަ އުކާ ނިމުމާ އެކުއެކުގައި ކަހަލަ ގޮތަކަށް ހިލަތައް ނެގުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ފަށާކަމަށެވެ.

އޭނާ އޮޅުންފިލުވައިދެއްވި ގޮތުގައި ޖަމްރާތަކަށް އުކާ ހިލަކޮޅުތަކުގެ ތެރެއިން ބޮޑު ބައެއް ވެއްޓެނީ ޖަމްރާތަކުގެ އަޑީގައި 15 މީޓަރު ފުނުގައިވާ ބިންގަރާހަށެވެ.

މި ހިލަކޮޅުތައް ދަތުރުކުރާ ކޮންވޭޔާ ބެލްޓްތަކުން ވަރަށް ގިނަ ހިލަ އެއްކުރާ ކަމަށާއި އެ ތަކެތި ފުރާނައި ފެނުން ސްޕްރޭކޮށް ރީއްޗަށް ދޮވެ ތޯހިރު ކުރުމަށްފަހު ވެހިކަލްތަކުގައި އެ ތަކެތި ގެންގޮސް ގުދަންގުދަނުގައި ރައްކާކޮށްފައި ބަހައްޓާ ކަމަށް ވެސް އަލް-ސޫބީ ވިދާޅުވި އެވެ. މިއީ ދެން އަންނަ އަހަރެއްގެ ހައްޖު މޫސުމުގައި ހައްޖުވެރިން ބޭނުންކުރަން ރައްކާ ކުރާ ހިލަ އެވެ.

ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި ހައްޖުވެރިން ޖަމްރާތަކަށް އެތައް ޓަނެއްގެ ހިލަ އުކަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދެ މިލިއަން ހައްޖުވެރިން ބައިވެރިވެފައި ވެއެވެ. އެހެންކަމުން ކޮންމެ ހައްޖުވެރިއަކަށް 21 ހިލަކޮޅުގެ މަގުން ބަލާއިރު އެތައް މިލިއަން ހިލަކޮޅެއް ޖަމްރާތަކުން މިއަހަރު ވެސް ނަގާނެކަމަށް ބެލެވެ އެވެ.

ޖަމްރާތަކަށް އުކަން ބޭނުންވާ ހިލަ އަޅާފައިވާ ކޮތަޅުތައް އަރަފާތުން މިނާއަށް ދާ މަގުމަތީގައި މަޑުކުރަން ޖެހޭ މުޒްދަލިފާގެ 300 ހިސާބަކުން ހައްޖުވެރިންނަށް ބަހާ ކަމަށާއި އަދި މިނާގައި ހުންނަ ޖަމްރާތު ބްރިޖް ފެސިލިޓީން ވެސް ހިލަ ކޮތަޅުތައް ބަހާނެ ކަމަށް ވެސް އަލް-ސޫބީ ވިދާޅުވި އެވެ.

އަރަބް ނިއުސްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910