މީރާ

މުލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް

މ. މުލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި އެވެ. އިއްޔެ ބޭއްވި ހަފްލާއެއްގައި، އެ ސެންޓަރު ހުޅުވައި ދެއްވީ މުލަކު އަތޮޅު ކައުންސިލުގެ ރައީސް ޔޫސުފް ސިދުގީ އެވެ.

މުލީގައި މީރާއިން ކަލެކްޝަން ސެންޓަރެއް ހެދީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދޭން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

އަތޮޅުތަކުގައި ހުންނަ މީރާގެ އޮފީސްތަކުން ވެސް މާލޭގައި ދޭ ހުރިހާ ހިދުމަތްތަކެއް ދެއެވެ. އޭގެތެރޭގައި، ރަޖިސްޓަރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދެއެވެ.

މީރާއިން ބުނި ގޮތުގައި މިހާތަނަށް 17 އަތޮޅެއްގައި އެ އޮތޯރިޓީގެ 18 އޮފީސް ގާއިމުކޮށް ހިދުމަތް ދެމުން ދެއެވެ.