ހަބަރު

"ކޮވިޑުގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުން މުހިންމު"

ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިހެން ވިދާޅުވެފައި މިވަނީ އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާތީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވަނިކޮށެވެ.

އެކަމާއި ދެކޮޅަށް އިލްމުވެރިން ވާހަކަ ދައްކަވާފައިވަނިކޮށް މިނިސްޓަރު މިރޭ ވިދާޅުވީ ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާ ސަވާބު ލިބޭނެ ކަމެއް،"

ކޮވިޑް-19 ޖެހިގެން އެހެންް ގައުމުތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވަނީ ވިދާޅުވެފައެވެ.

އަވަސްއާ ވާހަކަދައްކަވަމުން ރައީސް މައުމޫން މިރޭ ވިދާޅުވީ ކޮވިޑް-19 ޖެހިގެން އެހެންް ގައުމުތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލުމަކީ އެކަމުގެ ސަބަބުން އެތަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެފަދަ ކަންތައްތަކެއް ދިމާވެއްޖެނަމަ ރާއްޖެފަދަ ކުޑަ ގައުމަކަށް ކިތަންމެ ކިތަންމެ މައްސަލަތަކެއް ދިމާވެދާނެ ކަމަށެވެ. މައުމޫން ވިދާޅުވީ ބޮޑު ބައްޔެއް ޖެހިގެން މަރުވާ ބައެއްގެ ހަށިތައް އުފުލާނެ ގޮތެއް އަދި ގެނެސް ވަޅުލުމުގައި އުޅޭނެ ބައެއް އަދި އެ މީހުން ވަޅުލާނެ ތަނެއް ހަމަޖެއްސުމާއި އެ ނޫން ކިތަންމެ ކަމަކީ ކުރަންޖެހޭނެ ބޮޑެތި ބޮޑެތި މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ މުސްލިމުންނަށް ހެޔޮ އެދެން. އަދި ހުރިހާ އިންސާނުންނަށްވެސް ހެޔޮ އެދެން. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި މިއީ ކުރަން ރަނގަޅު ކަމެއް ނޫން،"

ރައީސް މައުމޫން ވިދާޅުވީ ކޮންމެ ގައުމެއްގެ ކޮންމެ ރައްޔިތަކަށްވެސް ރާއްޖެ ހުޅުވާލެވިފައިވާ ކަމަށާ ރާއްޖެ އައިސް ވަގުތު ހޭދަކުރުމަށް ދިވެހިން މަރުހަބާ ކިޔާ ކަމަށެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުންކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.