ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭން ބޭރުން މާލެއަށް އަންނަ ދިވެހިން ދެން ކަރަންޓީނުވާން ނުޖެހޭނެ

Dec 16, 2020
1

ކޮވިޑް-19 އިގެ ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަހައްދަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލަށް ބަދަލު ގެނެސްފި އެވެ.

އެޗްޕީއޭއިން މިއަދު އާއްމުކުރި އާ އުސޫލުގައި، ބުނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ، ވިލާމާލެ އަދި ހުޅުމާލެއަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހުނު ކަމަށްވީ ނަމަވެސް، 10 ދުވަހުގެ މުއްދަތަށް ގޭގައިވެސް މާސްކު އަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުން އެދެވިގެންވާ ކަމަށެވެ.

މިގޮތުން، ރާއްޖޭން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށާއި، މިކަމުން އެއް އަހަރުން ދަށުގެ ކުޑަކުދިން އިސްތިސްނާވާނެ ކަމަށެވެ.

ނަމަވެސް، ރާއްޖޭން ން ބޭރުން އައިސް ރަށްރަށަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި މާލެ ސަރަހައްދަށް އަންނަ ސިއްހީ އަދި ތައުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެކަމަށް ބުނެފައިވެ އެވެ.

އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ޓެސްޓްހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް އުސޫލުގައި ބުންޏެވެ.