ވިޔަފާރި

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކެއް ތައާރަފުކޮށްފި

Dec 20, 2020
1

އަހަރު ނިންމުމުގެ ގޮތުން ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް، ހާއްސަ ޕްރިޕެއިޑް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި އަހަރު ނިންމުން ފާހަގަ ކުރުމުގެ ގޮތުން ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާ ގެ މިނީ ޑޭޓާ ބަންޑްލް އެއް ތައާރަފުކޮށްފައިވާ ކަމަށެވެ. މި ޕެކޭޖު އެކްޓިވޭޓް ކޮށްގެން 100 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ވެލިއު އޮފަ އެކްޓިވޭޓް ކުރާ ކޮންމެ ކަސްޓަމަރަކަށް 1.5 ޖީބީގެ ބަދަލުގައި 3ޖީބީގެ ޑޭޓާ އެލަވަންސް ލިބޭނެ ކަމަށެވެ. އަދި ޕްރީޕެއިޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން މި ތައާރަފު ކުރި އޮފާ ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ.

މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖް ތަކަށް ބޮޑު ބަދަލު ތަކެއް ގެނެސް "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފުކޮށްފައިވެ އެވެ. މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެ އެވެ.

އެ ކުންފުނިން ބުނީ އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާ ތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.