ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިނގިރޭސި ފްލައިޓްތަކާއި ރޭލުދަތުރުތައް ޔޫރަޕް ގައުމުތަކުން މަނާކުރަނީ

އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ އާ ވައްތަރު، ޔޫރަޕަށް ފެތުރިގެން ދިއަނުދިނުމަށް، އިނގިރޭސިވިލާތާއި ޖަރުމަން ފްލައިޓްތައް އެ ބައްރުގެ ބައެއް ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފި އެވެ.

ބެލްޖިއަމަށް އިނގިރޭސި ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފައި ވަނީ 24 ގަޑިއިރަށެވެ. ނެދާލޭންޑްސްގެ ފްލައިޓްތައް މިއަހަރުގެ ނިޔަލަށެވެ. ފްލައިޓްތަކުގެ އިތުރުން ރޭލު ދަތުރުތައް ވެސް ވަނީ މަނާކޮށްފަ އެވެ.

އިނގިރޭސިވިލާތާއި ޖަރުމަނުން އިޓަލިއާ އޮސްޓްރިއާއަށް ދަތުރުކުރާ ފްލައިޓްތައް ވެސް ވަނީ ހުއްޓުވާފަ އެވެ. އެހެން ނަމަވެސް، ދަތުރުކުރުން މަނާކުރި މުއްދަތާ ބެހޭ ތަފުސީލެއް ނުދެ އެވެ.

އިޓަލީއާ ޖަރުމަނުން ބުނީ އިނގިރޭސި ފްލައިޓްތައް ގައުމުތަކަށް ދަތުރުކުރުމާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާ ވާހަކަދައްކައި، އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ޔޫރަޕް ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކަށް ހުއްދަދިނީ އިނގިރޭސި ބޮޑުވަޒީރު ގޮވާލެއްވި ގޮވާލެއްވުމަށް ކަމަށް ވަނީ ބުނެފަ އެވެ. އިނގިރޭސިވިލާތުގައި ވައިރަސް ކޮންޓްރޯލްކުރުމަށްޓަކައި ފިޔަވަޅުތައް ހަރުކަށިކުރާއިރު، ޔޫރަޕް ގައުމުތަކުން ވެސް އެއްބާރުލުން ދޭންޖެހޭނެ ކަށް ފެންނާތީ ކަމަށެވެ. އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި، އިނގިރޭސިވިލާތުގައި މިހާރު ފެތުރެނީ ކޮރޯނާވައިރަހުގެ މާ ބާރުގަދަ ވައްތަރެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިނގިރޭސި ސަރުކާރާ ގުޅިގެން ވައިރަހާ ބެހޭ ތަފުސީލު ދިރާސާއެއްކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުތަކަށް ސައްހަ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި އަޅަން ފެންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ލަފާދޭނެ ކަމަށެެވެ.

އިނގިރޭސިވިލާތުން ކޮވިޑް ބަލީގައި 67،000 މީހުން މަރުވެފައިވެ އެވެ. އެއީ ޔޫރަޕްގައި އިޓަލީ ފިޔަވައި ކޮވިދް މަރު އެންމެ ގިނަ ގައުމެވެ.