ހަބަރު

އިދިކޮޅުގެ ޖަލްސާއެއް ހޮނިހިރު ދުވަހު

Dec 21, 2020

އިދިކޮޅު ކޯލިޝަނުގެ ފަރާތުން އަންނަ ހޮނިހިރު ދުވަހު ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކާނިވާ ސަރަހައްދުގައި "ވިސްނާ" ނަމުގައި ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8.30 ގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް އިންތިޒާމްކޮށްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލުއި ދެމުންދާ ދަނޑިވަޅެއްގައި އެވެ.

މިގޮތުން، ގައިދުރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ވަނީ ދީފަ އެވެ.