އެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯ އެއްވަނައިގައި، މެސީ ރެކޯޑް މުގުރާލައިފި

ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެއް ވަނަ މަގާމުގައި އެތުލެޓިކޯ މެޑްރިޑް ލީޑް ފުޅާ ކޮށްފި އެވެ.

މެޗުގެ ކުރިން އެތުލެޓިކޯ އާއި ވާދަވެރި ރެއާލް މެޑްރިޑަށް ޕޮއިންޓް ލިބިފައި ވަނީ އެއް ވަރަަކަށެވެ. މެޗުން މޮޅުވެ އެތުލެޓިކޯ ވަނީ އެންމެ ކުރިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އެތުލެޓިކޯގެ ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓްގައި މާރީއޯ ހާމޯސޯ ކާމިޔާބު ކުރީ ޔަނިކް ކަރެސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި މާކޯސް ޔޮރެންޓޭ ކާމިޔާބު ކުރީ ވެސް ކަރެސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ބާސެލޯނާ އާއި ރެއާލް ވަޔަޑޮލިޑް ކުޅުނު މެޗުގައި ލޮއޮނެލް މެސީ ހެޓްރިކް ހަދައި، އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވަނީ ހަދާފަ އެވެ. ބާސާގެ ޖޯޒީގައި މެސީ ރޭ ކާމިޔާބު ކުރި ލަނޑަކީ އޭނާގެ 644 ވަނަ ލަނޑެވެ. ކުރިން މި ރެކޯޑް އޮންނަނީ ބުރެޒިލްގެ މަޝްހޫރު ޕެލޭ އަތުގަ އެވެ. ބުރެޒިލްގެ ކުލަބު ސަންޓޯސްގައި ޕެލޭ ވަނީ 643 ލަނޑު ޖަހާފަ އެވެ.

ވަޔަޑޮލިޑް އާ ދެކޮޅަށް ބާސާ މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ބާސާގެ ފުރަތަމަ ލަނޑު ކްލެމެންޓް ލެންގްލެޓް ކާމިޔާބު ކުރީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ބާސާގެ ދެ ވަނަ ލަނޑު މާޓީން ބްރައިޓްވެއިޓް ކާމިޔާބު ކުރީ ސާޖީނޯ ޑެސްޓް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެސީގެ ލަނޑު 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕެޑްރީ ދިން ފުރުސަތަކުންނެވެ.