މޯލްޑިވްސް ކަސްޓަމްސް ސާވިސް

ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި އެވެ.

ކަސްޓަމުން މިއަދު ބުނީ މި ތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީގެ ސައިޓްގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. އެ ތަކެތި ނައްތާލާފައިވަނީ އިއްޔެ އެވެ.

ނައްތާލާފައިވަނީ 8719.92 ލީޓަރުގެ ބަނގުރަލާއި 2220.5 ކިލޯގެ އޫރު މަހެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމުން ބުންޏެވެ.