ވިޔަފާރި

ތިންވަނަ ކްއާޓަރުގައި ދައުލަތުގެ އާމްދަނީ 8.7 ޕަސެންޓް އިތުރުވެއްޖެ

Oct 23, 2015
  • ތިންވަނަ ކްއާޓަރުގެ އާމްދަނީ ޑޮލަރުން 121 މިލިއަން
  • ޖުމްލަ އާމްދަނީގެ ގޮތުގައި 3.64 ބިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތު ލިބުނު އާމްދަނީ 36.2 ޕަސެންޓް އިތުރު

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި (މި އަހަރުގެ ފަހު ތިން މަހު) ދައުލަތުގެ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 8.7 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން މިއަދު އާއްމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން:

  • މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 3.64 ބިލިއަން ރުފިޔާ ލިބުނު (މިދިޔަ އަހަރު ލިބުނީ 3.34 ބިލިއަން ރުފިޔާ)
  • ޖީއެސްޓީގެ ގޮތުގައި ލިބުނީ 1.31 ބިލިއަން ރުފިޔާ (މިދިޔަ އަހަރު ލިބުނީ 949 މިލިއަން ރުފިޔާ، 36.2 ޕަސެންޓް އިތުރު)
  • ބީޕީޓީގެ ގޮތުގައި ލިބުނީ އެއް ބިިލިއަން ރުފިޔާ (މިދިޔަ އަހަރު 935 މިލިއަން ރުފިޔާ، 28.9 ޕަސެންޓް އިތުރު)
  • ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނީ 418 މިލިއަން ރުފިޔާ (މިދިޔަ އަހަރު 386 މިލިއަން ރުފިޔާ، 11.5 ޕަސެންޓް އިތުރު)

މީރާގެ ހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކުއާޓަރުގައި ޑޮލަރުން އާމްދަނީގެ ގޮތުގައި 121 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 112 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.8 ޕަސެންޓް އިތުރު އަދަދެކެވެ.