ވިޔަފާރި

ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން 65 މުވައްޒަފެއްގެ އަގު ވަޒަންކޮށްފި

Dec 26, 2020

ދިރާގަށް ދިގު މުއްދަތު ހިދުމަތް ކޮށްފައިވާ 65 މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑު ދީފި އެވެ.

ދިވެހި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ދިރާގުން 200 އަށް ވުރެ ގިނަ މުވައްޒަފުންނާއެކު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އެވޯޑު ދިނުމުގެ ހަފުލާގައި ހާއްސަ 10 އަހަރާއި 15 އަހަރު އަދި 25 އަހަރު ހިދުމަތް ކޮށްދިން މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑު ދީފައިވެ އެވެ.

މި ހަފުލާގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ އެވޯޑު ލިބުނު ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި މުވައްޒަފުންގެ މަސައްކަތް ތަކަށް ޝުކުރު އަދާ ކޮށްފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގަކީ ދިވެހި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެކެވެ. އަދި އެ ކުންފުނިން ދަނީ މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.