ގައުމީ އިނާމް

14 ބޭފުޅަކަށް ޝަރަފު، 24 ބޭފުޅަކަށް ހިތްވަރުދީފި

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކު އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ސަރުކާރުން ދީފި އެވެ.

ގައުމީ އިނާމާބެހޭ ހާއްސަ ކޮމިޓީން ހޮއްވަވައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ، މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި 14 ބޭފުޅުން

  • މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) (ދިވެހިބަހާއި އަދަބިއްޔާތު)
  • އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު (ދިވެހިބަހާއި އަދަބިއްޔާތު)
  • މުހައްމަދު ވަހީދު ( ދިވެހިބަހާއި އަދަބިއްޔާތު)
  • އިބްރާހީމް ވަހީދު (ދިވެހިބަހާއި އަދަބިއްޔާތު)
  • ޑރ. ނާއިލާ އިބްރާހީމް މުހައްމަދުދީދީ (ސިއްހީ)
  • އަދުނާން އަލީ (މަސްވެރިކަން)
  • އަހްމަދު ސަލީމް (ފަތުރުވެރިކަން)
  • މުހައްމަދު ވަހީދު (ދަނޑުވެރިކަން)
  • މަރްޔަމް ވަހީދާ (އިޖުތިމާއީ ހިދުމަތް)
  • މުއުމިނާ އިބްރާހީމް (ހަބަރާއި މައުލޫމާތު ފެތުރުން)
  • މުހައްމަދު ސައީދު (ކުޅިވަރު)
  • ހުސައިން ރަޝީދު ހަސަން (ކުޅިވަރު)
  • އަހްމަދު ލަތީފް (ކުޅިވަރު)
  • މުހައްމަދު މަނިކު (ވިޒުއަލް އާޓްސް)

ހިތްވަރުގެ ގައުމީ އިނާމު ލިބުނު 24 ބޭފުޅުން

  • މައުސޫމް ސަލީމް (ކީރިތި ގުރްއާން އުނގަންނައިދިނުން)
  • ޝަރަފުއްދީން އަލީ (ކީރިތި ގުރްއާން އުނގަންނައިދިނުން)
  • އަބްދުﷲ އިމާދު (ކީރިތި ގުރްއާން އުނގަންނައިދިނުން)
  • ޑރ. ސައުދުﷲ އަލީ (އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުން)
  • ޑރ. އަޝްރަފް އަބްދުއްރަހީމް (ދިވެހިބަހާއި އަދަބިއްޔާތު)
  • މުހައްމަދު ތޯރިގު (ގައުމީ ތަރިކަ)
  • ހަސަން މުހައްމަދު (ތައުލީމް)
  • ޖުމޭލާ ބޭގަމް (ސިއްހީ)
  • މުހައްމަދު ސޯލިޙް (ސިއްހީ)
  • މުހައްމަދު ޝާފިއު (ސިއްހީ)
  • މައީދު މުހައްމަދު ޒާހިރު (އިޖުތިމާއީ ހިދުމަތް)
  • ސައުދުﷲ ހިލްމީ (އިޖުތިމާއީ ހިދުމަތް)
  • މުހައްމަދު މާޒިން (އިޖުތިމާއީ ހިދުމަތް)
  • ހަސަން ހުސައިންފުޅު (ކުދިފަންތިއާއި، މެދުފަންތީގެ ވިޔަފާރި)
  • ޝީޒާ އިމާދު (ހެއަރ އެންޑް ބިއުޓީ)
  • އަލީ ސަމްއާން (ހަބަރާއި މައުލޫމާތު ފެތުރުން)
  • އަލީ ހުޝްރުވާން އަހްމަދު (ކުޅިވަރު)
  • އަބްދުﷲ އަރީފް (ކުޅިވަރު)
  • އިބްރާހީމް ހުސައިން (ކުޅިވަރު)
  • ޝުޖާއު ސަލީމް (ކުޅިވަރު)
  • ޔޫސުފް އަޒީމް (ކުޅިވަރު)
  • އަލީ ނިޝާން (ވިޒުއަލް އާޓްސް)
  • ހުސައިން އިހްފާލް އަހްމަދު (ވިޒުއަލް އާޓްސް)
  • އަލީ ރަޝީދު (ޒުވާނުންގެ ދާއިރާ)

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބިވަޑައިގަތީ 20 ބޭފުޅަކަށެވެ. އެ ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގްވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.

މަތީ ދަރަޖަ ހޯދި ފަރާތްތައް

  • ޑރ. ނައުޝާދު މުހައްމަދު (ލެވެލް 10ގެ ސަނަދެއް ހާސިލުކުރުން)
  • މަރްޔަމް އަނާ ހަސަން ( މާސްޓާޒް ޑިގްރީ)
  • އަލީ ސުޒޭނު ( މާސްޓާޒް ޑިގްރީ)
  • މުންޝިދާ އިބްރާހީމް ( މާސްޓާޒް ޑިގްރީ)
  • އުޒްމާ އަބްދުއްލަތީފް ( މާސްޓާޒް ޑިގްރީ)
  • އަހްމަދު ފިޒާލް (މާސްޓާޒް ޑިގްރީ)
  • މަރްޔަމް ނަޒާހާ ( މާސްޓާޒް ޑިގްރީ)
  • މަރްޔަމް މޫނިސާ ހުސައިން ( މާސްޓާޒް ޑިގްރީ)
  • އާމިނަތު ރަޝްފާ ( މާސްޓާޒް ޑިގްރީ)
  • އާމިނަތު އީމާން އަބްދުލްގަފޫރު ( މާސްޓާޒް ޑިގްރީ)
  • ފާތިމަތު މިޒުނާ (ބެޗްލާސް ޑިގްރީ)
  • އާއިޝަތު ލަމްހާ ހުސައިން ރަމީޒު (ބެޗްލާސް ޑިގްރީ)
  • ހަސަން ސާމިލު (ބެޗްލާސް ޑިގްރީ)
  • އަމާނީ އަޓިއެނޯ އޮންޔަންގޯ (ބެޗްލާސް ޑިގްރީ)
  • ސިފުނާ އިބްރާހީމް (ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ)
  • މިޝްކާ އަފްރާޙް ހަސަން (ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ)
  • ހުސައިން ޒަޔާން ޝަހީދު ޒަކީ (ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ)
  • ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ)
  • އާމިނަތު ނަބީހާ އަބްދުއްރައްޒާގު (ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ)
  • ސްޓާފް ސާޖަންޓް ހަސަން ސާއިދު (ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ)

މިރޭގެ ޖަލްސާގައި ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ވެސް ރައިސުލްޖުމުހުރިއްޔާ ދެއްވާ ހާއްސަ މެޑައްޔެއް އެރުވިއެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ހާސިލުކުރި 4 ހާފިޒުންނަކީ:

  • އާއިޝަތު ރަފާހު އަލީ
  • ނަވާރު ފިރާގް މުހައްމަދުފުޅު
  • އަހްމަދު ޒަވްލު
  • މުހައްމަދު ޔޫޝައު ބިން ޒަމްޒަމް