އިޒްރޭލުގެ އަޅުވެތި ކުރުމާއި ލާއިންސާނީ އަމަލުތަކުން ފަލަސްތީނުގެ މުސްލިމުން ސަލަމާތްކޮށްދޭން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ރާއްޖެއިން އދ. އަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ މި ގޮތަށް ގޮވާލެއްވެވީ މެދުއިރުމައްޗާއި ފަލަސްތީނުގެ ކަންކަމުގައި މަޝްވަރާ ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފޮރިން ސެކްރެޓަރީ ވިދާޅުވީ ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ސުލްހަ ގާއިމްކުރުމަށް ހަރުދަނާ މަސައްކަތްތަކެއް އދ. ކޮށްފައިވީ ނަމަވެސް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގައި އދ. ނުކުޅެދިފައިވާ ކަމަށެވެ. އެއީ މިހާރުން މިހާރަށް ހައްލު ކުރަންޖެހޭ މައްސަލައެއް ކަމަށާއި އެކަން ކަމާ ދެކޮޅަށް އދ. އިން ތެދުވެ ފިޔަވަޅު އަޅައިދޭން ޖެހޭނެ ކަމަށެވެ.
ނަސީރު ވިދާޅުވީ ފަލަސްތީނު ރައްޔިތުންނާއި ބިން އިޒްރޭލުގެ އަޅުވެތިކަމަށް ގޮސް އޮންނަތާ އެތައް އަހަރެއްވީ އިރު ވެސް ހައްލެއް ހޯދިފައި ނުވުމުގެ ސަބަބުން ފަލަސްތީނުގެ ތުއްތު ދިންނާއި، ޒުވާނުންގެ ޖީލުތައް އޮީ ބިރާއި، ނަފްރަތާއި، ހަމަނުޖެހުމުގެ މާހައުލަކަށް ގެނބިފައިވާ ކަމަށެވެ.
މަސްޖިދުލް އަގްސޯގެ ހުރުމަތްތެރިކަން ދެމެހެއްޓުމަށް ގޮވާލައްވަމުން ނަސީރު ވިދާޅުވީ މިސްކިތަށް ވަނުން މަނާކޮށްފައި އޮތް އޮތުމަށް ވަގުތުން ވަގުތަށް ނިމުން އަންނަންޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ ބިންތަކުން އިޒްރޭލް ފަހަތަށް ޖެހެން ޖެހޭ ކަމަށެވެ.