ލައިފްސްޓައިލް

ވާވޭ ވޮޗް ޖީޓީ 2 ޕްރޮ: އަތުކުރީގައި ދެމިނެޓު

ވާވޭ ވޮޗް ޖީޓީ 2 ޕްރޮ: އަތުކުރީގައި އަޅާލަން ލިބުނު ދެމިނެޓް: ބާރު ގަދަކަ މަށް ވުރެ ޗާލު
0%
0%
0%

ވާވޭއަށް ގޫގުލްގެ ވެއާ އޯއެސް ދޫކޮށްލަން ޖެހުމުން، ވާވޭ މަރުކާގެ ސްމާޓް ގަޑިތަކުގެ ޒަމާން ދިއައީ ކަމަށް ހީވި އެވެ. އެހެން ނަމަވެސް، އެކަން ހިނގައި ދިޔައީ އެގޮތަކަށް ނޫނެވެ. ވާވޭއާއެކު މި ހިސާބަށް އާދެވުމުން މިހާރު ބުނަން އޮތީ ގޫގުލްއާ ދުރަށް ދިއުމަކީ ވާވޭއިން ރަނގަޅަށް ކުރި ކަމެއް ކަމަށެވެ.

މިއޮތީ ވާވޭ ވޮޗް ޖީޓީ 2 ޕްރޮ އެވެ. މިއީ މިފެންވަރުގައި ވާދަވެރިއަކު ނެތް ގަޑިއެކެވެ. ބަލާބެލުމަށް އުނިކަމެއް ނެތެވެ. ރީތިކަން ވަނީ ފަހަނައަޅާފަ އެވެ. އަތުގައި އަޅާފައި ހުންނައިރު ދުރުން ބަލާ މީހަކަށް ހީވާނީ ބޭފުޅެއްހެންނެވެ. އެކަމަކު، މި ގަޑި ފޫޅުކަނޑާފައި ވަނީ ފަރިއަށް އަޅާކަށް ނޫނެވެ. މިބުނީ ފަރިއަށް އެޅުމަކުން އައިބެއް ނެތް ވާހަކަ އެވެ.

ފިޓްނެސްއަށް ލޯބިކުރާ މީހުންނަށް ރެކޯޑްތައް ދިރާސާ ކުރުމަށް މިއަށް ވުރެ ވަކިން ކަމުދާ އެހެން ގަޑިއެއް ދައްކަބަލާށެވެ. ރަނގަޅެވެ. ސްމާޓް ވޮޗް މާކެޓްގައި ގަޑިތައް އެބަހުއްޓެވެ. އަގާއި، ކުލައާއި، ބަރުދަނާ އަދި ރީތި ކަމަށް ބަލާފައި، ވާވޭ ވޮޗް ޖީޓީ2 އަތުކުރިގައި އަޅާލީ އެވެ.

ވާވޭ ޖީޓީ 2 ޕްރޮ ގެ ދެމޮޑެލް އަކީ ކްލެސިކް އާއި ސްޕޯޓް އެވެ. މި ގަޑިތައް ބޭނުންުރާ މީހުންނަށް ވާވޭއިން ދޭން ބޭނުންވި ހަދިޔާއަކީ ބެޓެރީ އެވެ. ވާދަވެރިންނަށް ނުބައްދަލު ގިނައިރު ބެޓެރީބާރު ދަމަހައްޓާނެ ކަމަށް ވާވޭ ވައުދުވެ އެވެ.

ދެމިނެޓް ހަމަވީ އެވެ. މަތީގައި އެވާ ފޮޓޯތަކަށް ބަލާފައި ގޮތެއް ނިންމޭތޯ ބަލާލާށެވެ. އިތުރު ތަފުސީލަށް ދިއުމުގެ ކުރިން ލިބުނު ވަގުތު ހަމަވީ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345