ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އީރާނުން ކޮވިޑަށް އަމިއްލަ ވެކްސިނެއް އުފައްދައި ޓެސްޓްކުރަން ފަށައިފި

އީރާނުން ކޮވިޑަށް އަމިއްލަ ވެކްސިނެއް އުފައްދައި ކްލިނިކަލް ޓެސްތައް ފަށައިފި އެވެ. އީރާންގެ ސައިންސްވެރިން އުފެއްދި ވެކްސިން ދައްކާލުމުގެ ގޮތުން ވެސް ވަނީ ތިން މީހުން ގަޔަށް ޖަހާފަ އެވެ.

އީރާންގައި ކޮރޯނާވައިރަހުގެ ސަބަބުން 55،000 މީހުން ވަނީ މަރުވެފަ އެވެ. ހެލްތު މިނިސްޓްރީގެ ރަސްމީ ރިޕޯޓްތައް ބުނާ ގޮތުގައި 1.2 މިލިއަން މީހުންނަށް މިބަލި ވަނީ ޖެހިފަ އެވެ.

އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ކާނާއާ ބޭސް އިސްތިސްނާވާ ކަމަށް އޮތަސް، އެކަން ހިނގަނީ އެގޮތަށް ނޫން ކަމަށް އީރާނުން ބުނެ އެވެ. ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި އަދި ދުނިޔޭގެ ބާޒާރުން ވެކްސިން ގަންނަން އުޅުމުން ވެސް އެމެރިކާއިން ޖެއްސުންކުރި ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އީރާނުން ވެކްސިން ގަތުމަށް އެމެރިކާއިން މިހާރު ވަނީ ހުއްދަދީފަ އެވެ.

އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވި ގޮތުގައި ސްވިސް ބޭންކް މެދުވެރިކޮށް ވެކްސިނަށް ފައިސާ ދައްކަން އުޅުމުން އެމެރިކާ ބޭނުންކްތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް ވަނީ އަންގާފަ އެވެ. މިކަމުގައި އޮތް ބިރަކީ ރޫހާނީ ވިދާޅުވި ގޮތުގައި އެމެރިކާއިން ފައިސާކޮޅު ހިފެއްޓުމެވެ.

އީރާންގައި ކޮވިޑްގެ ހާލަތު އޮތް ގޮތާއި ބަލިމީހުންނަށް ފަރުވާދިނުން އަދި އަމިއްލަ ވެކްސިން ޓެސްޓްކުރަން ފެށުން

އީރާނުން އުފެެއްދި ވެކްސިންގެ އަޖުމަބެލުމަށް އިންސާނުންނަށް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެފިރިހެނުންނާއި އަންހެނަކަށް ވަނީ އިންޖެކްޝަން ޖަހާފަ އެވެ. އަދި އިތުރު 56 ވޮލަންޓިއަރުންނަށް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

އީރާންގައި ދެވަނަ ވެކްސިނެއް، ރާޒީ އިންސްޓިޓިއުޓްއިން އުފައްދައި، އަޖުމަބެލުމަށް އިންސާނުންނަށް ދޭނެ ކަމަށް ހެލްތު މިނިސްޓަރު ސައީދު ނަމާކީ ވަނީ ވިދާޅުވެފަ އެވެ.