އަދާލަތު ޕާޓީ

އަދާލަތުގެ އިންތިހާބު ތާވަލު ކޮށްފި

Jan 2, 2021
3

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މި މަހުގެ 23 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

އަހަރު ފެށުނު ދުވަހުގެ ތާރީހުގައި އަދާލަތު ޕާޓީން ނެރުނު އިއުލާނެއް މެދުވެރިކޮށް ބުނީ ޖަނަވަރީ 23 ގައި ބާއްވާ އެ ޕާޓީގެ "ރިޔާސީ އިންތިހާބަ" ކީ އަދާލަތުގެ ދުސްތޫރު / އަސާސީ ގަވައިދާ އެއް ގޮތަށް އެ ޕާޓީގެ ތިން ވަނަ ދައުރެއްގެ ރައީސާއި ނައިބު ރައީސް ހޮވާ އިންތިހާބު ކަމަށެވެ.

އަދާލަތު ޕާޓީގެ އެ އިންތިހާބުގައި މަގާމަށް ވާދަ ކުރާ ފަރާތްތައް ފޯމާއެކު ހިމަނަން ޖެހޭ ލިޔެކިޔުން މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

ދައުލަތުން ފައިސާ ލިބޭ މިންވަރަށް މެންބަރުން ހަމަ ނުވާ އަދި އެއްވެސް ހަރަކާތެއް ވެސް ނޯންނަ އެ ޕާޓީގެ މިހާރުގެ ރައީސަކީ އިމްރާން އަބްދުﷲ އެވެ. އޭނާ ހުންނަވަނީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އަދަލާތަކީ ރާއްޖޭގައި އިސްލާމީ ދަންމަރު ކުރިއަރުވައި ދަމަހައްޓަން އިސްކަން ދޭން އުފައްދާފައިވާ ޕާޓީއެކެވެ.