ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ކުދި ގެސްޓް ހައުސްތަކަކަށް ނުތެދުވެވުނު!

Jan 17, 2021
45
ތިމަރަފުށީގައި ގެސްޓްހައުސްއެއް ކައިރިން މީހަކު ހިނގާފަ ދަނީ: ކުދި ގެސްޓްހައުސްތައް ހުޅުވަން ގިނަ ހުރަސްތަކެއް ދަނީ ކުރިމަތިވަމުން -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭ ޓޫރިޒަމާ ގުޅޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން ދުވަހުން ދުވަހަށް ހުޅުވާ ގެސްޓްހައުސްތައް ދަނީ އިތުރު ވަމުންނެވެ. ރަށްރަށް ދަނީ އަނބުރާ އިގްތިސޯދީ ތިޔާގި ކަމަށް ހުޅުވެމުންނެވެ. ނަމްބަރުން ގުނާ ނަމަ މިހާތަނަށް ރާއްޖޭގެ 297 ގެސްޓްހައުސްއެއްގެ 5،630 އެނދު އަލުން އޮޕަރޭޝަނަށް ގެނެވިފައި ވެއެވެ. ނަމަވެސް ހަގީގަތަކީ އަދިވެސް ގިނަ ރަށްރަށުގެ ކުދި އަދި މެދުފަންތި ގިނަ ގެސްޓްހައުސްތައް ހުރީ ނުހުޅުވި އެވެ. އެ ތަންތަން ނުހުޅުވި ދާތީ އެ ވިޔަފާރިވެރިން ތިބީ ގޮތް ހުސްވާ ހިސާބުގަ އެވެ. އޭގެތެރޭގައި ގިނައީ ކުދި ގެސްޓްހައުސް ތަކެވެ. އެ ވިޔަފާރިތައް ކޮޅަށް ތެދުވަން ގިނަ ދަތިތަކެއް ވެސް އެބަހުއްޓެވެ.

ކުދި ގެސްޓްހައުސްތަކުގެ ވެރިން ބުނާ ގޮތުގައި ކުދި ގެސްޓްހައުސްތައް ހުޅުވުމުގައި މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ގެސްޓުން ރާއްޖޭން ފުރާއިރު ހަދަން ޖެހޭ ޕީސީއާރް ޓެސްޓާއި ފަށައި ގަންނަން ބޭނުންވާ މާލީ އެހީތެރިކަން އިންތިހާއަށް ބޭނުންވެފައި ވުމެވެ. ރާއްޖޭން ފުރާއިރު ހަދަން ޖެހޭ ޕީސީއާރް ޓެސްޓުގެ ސަބަބުން ރާއްޖެ އަންނަން ބުކިން ހައްދާ ގިނަ ގެސްޓުން ދަނީ ބުކިން ކެންސަލް ކުރަމުންނެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި ޕީސީއާރް ޓެސްޓް އަގު ބޮޑުވުމަކީ ގެސްޓްހައުސްތަކަށް އޮތް ވަރަށް ބޮޑު ދައްޗެކެވެ.

"ރާއްޖޭން ފުރާއިރު ކޮންމެ ގެސްޓެއް ޕީސީއާރު ޓެސްޓް ހަދަން ޖެހޭކަން އެނގޭ ހިސާބުން އެ މީހުންގެ ބުކިން ކެންސަލްކޮށްލާ. މިއީ ގެސްޓްހައުސް ވިޔަފާރިއަށް ލިބޭ ބޮޑު ގެއްލުމެއް،" ރާއްޖޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ނަޝީދު ވިދާޅުވި އެވެ.

ރަށްރަށަށް އަންނަ ގެސްޓުން ފުރުމުގެ ކުރިން ޓެސްޓް ހަދަނީ ކޮމިއުނިޓީ ތެރޭގައި މި ބަލި އުޅޭ ތޯ ބެލުމަށެވެ. ނަމަވެސް މިއީ ރިސޯޓުތަކުން ފުރާ ގެސްޓުން ހަދަން ޖެހޭ ޓެސްޓެއް ނޫނެވެ. އެއީ މަޖުބޫރު ކަމެއް ނޫނެވެ. މި ޓެސްޓް އެފަދަ ގެސްޓުން ހަދަން ޖެހެނީ އެއާލައިންއަކުން އެގޮތަށް ރިކްއާމަންޓެއް އޮންނަ ނަމަ އެވެ.

ބައެއް ފަރާރާތްތަކުން ބުނާ ގޮތުގައި ގެސްޓުން ޕީސީއާރް ޓެސްޓް ހެދުމުގެ ބަދަލުގައި ރަަށުގައި ބަލި އުޅޭތޯ ބަލަން ރެންޑަމް ސާމްޕަލިން ނެގުން ފަދަ ކަމެއް ކުރެވިދާނެ އެވެ. އެފަދަ ބަދަލެއް ގެނެވޭތޯ ޓޫރިޒަމް މިނިސްޓްރީން އެޗްޕީއޭއާއެކު ކުރިން މަޝްވަރާ ވެސް ކުރި އެވެ. ނަމަވެސް އެކަން މިހާތަނަށް ކާމިޔާބުވެފައެއް ނެތެވެ.

މިދިޔަ އާ އަހަރުގެ ފާހަގަ ކުރަން އެންމެ ގިނައިން ގެސްޓްހައުސް ހިންގާ ކ. މާފުށި ދިއްލާލާފައި -- ފޮޓޯ: ކާނި

ތަފާސް ހިސާބުން ފެންނަ ވާހަކަ

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަަނަށް ހުޅުވިފައި ވަނީ ހަތް އަތޮޅެއްގެ 66 ރަށެއްގެ 297 ގެސްޓްހައުސް އެވެ. އަދި މިހާތަނަށް އެންމެ ގިނަ ގެސްޓްހައުސް އެނދު ހުޅުވާފައިވާ ރަށަކީ މި ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކ. މާފުއްޓެވެ. އެ ރަށުގެ 27 ގެސްޓްހައުސްއެއްގެ 1،054 އެނދު ވަނީ އަލުން ހުޅުވާފަ އެވެ. އެންމެ ގިނަ ގެސްޓްހައުސް އެނދު އޮޕަރޭޝަނަށް ގެނެސްފައި ވަނީ ވެސް މާލެ އަތޮޅެވެ. މި އަތޮޅުން ގްރޭޓާ މާލެ ސަރަހައްދު ހިމެނޭ ގޮތަށް 133 ގެސްޓްހައުސްއެއްގެ 3،156 އެނދު ވަނީ އަލުން އޮޕަރޭޝަނަށް ހުޅުވާލާފަ އެވެ.

ގެސްޓްހައުސް ހުޅުވާ ނަމްބަރު މަތިވެގެން އަނަން މައިގަނޑު ސަބަބަކީ ގެސްޓްހައުސްއަށް ވުރެ ބޮޑެތި ގިނަ "ހޮޓާ" ތަކެއް ހުޅުވާފައި ވުމެވެ. މާފުއްޓަށް ބަލާނަމަ ގިނައިން ހުޅުވާފައި ވަނީ ބޮޑެތި ތަންތަނެވެ. މުޅި ރާއްޖެއަށް ބަލާއިރު ކޮވިޑް އައުމުގެ ކުރީގައި ރާއްޖޭގައި ޖުމްލަ 600 ގެސްޓްހައުސް ހުއްޓެވެ. ނަމަވެސް މިތަނުން ގިނަ ތަންތަން ހުޅުވޭނެ މަގެއް އަދިވެސް ފެނިފައެއް ނުވެ އެވެ.

ބައެއް ރަށްރަށުގައި ގެސްޓްހައުސް ހުޅުވަން އެ ރަށުގެ ރަށްޔިތުން ވެސް ބޭނުމެއް ނުވެ އެވެ. ސަބަބަކީ ކޮވިޑް-19 އަށް އޮތް ބިރެވެ. މި ބަލި ރަށު ތެރޭގައި ފެތުރިދާނެ ކަމަށް ގަންނަ ބިރު ބޮޑުވުމެވެ. މިކަމުގެ ސަބަބުން މި ފަދަ ރަށްރަށުގައި ލޯނު ނަގައިގެން ގެސްޓްހައުސް ހިންގާ ގިނަ ފަރާތް ތަކެއް ތިބީ ދަތިހާލުގަ އެވެ.

ބޭންކް ތަކުން ލޯނު ދައްކަން ދިން ލުއިގެ މުއްދަތު މިދިޔަ މަހު ހަމަވެގެން ދިއުމާއެކު ލޯނުތައް އަނބުރާ ދައްކަން ފަށަން ވަނީ ޖެހިފަ އެވެ. މިއީ ކުދި ގެސްޓްހައުސްތަކުގެ ވެރިންނަށް ކުރިމަތި ވާނެ ބޮޑު ނުތަނަ ވަސް ކަމެކެވެ. މި ހުރިހާ ކަމަކާއެކު ގެސްޓްހައުސްތައް ހުޅުވަމުން ދިޔަ ނަމަވެސް ކުދި ގެސްޓްހައުސްތައް ތިބީ ދަތިހާލުގަ އެވެ. އެ މީހުންނަށް މި ވިޔަފާރި ކޮޅަށް ޖެހޭނެ ދުވަހެއް އަދި ނުފެނެ އެވެ.

45 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކެލާ

ސިޔާސީ މީހުންނޫނީ މިގައުމުގަ ތިބޭނެކަމެއް ނެއް

ޖިއްބަ

މާލެ އަތޮޅުގަ ހުރިހާކަމެއް ކޮއްލައިގެން އޮވޭ.ރައްރަށު މީހުންވެސް ހަމަ ގަމާރީ..މަ ހަނދާން ވާގޮތުން ފާފުއަތޮޅުހެން ހީވަނީ ޔާމީނު ގެންނަން އުޅުނި ބިޔަ ތަރައްގީ އެ އަތޮޅު ބައެއް ބޮޓުން ތައް ހުއްޓުވާލީ އެމްޑީޕީ އައްޓަކާ..މުސްކުޅިން އަތައް އިނގެރޭސިން ލިޔެފަ ހުރި ބޯޑުތައްދީ މުޒާހަރާ ކުރުވި އިރު އެކޮޅު ކޮޅުން ބޯޑުތައް ހިފަހައްޓައިގެން ހުރިތަން ފެނިފަ ހިތައްއެރި އަންނި މެން ހާދަމޮޅޭ މީހުން ގަމާރު ހައްދަން.ތަރައްގީ އެއް މިވެރިކަމުގަ ނާންނާނެ. ޔާމީނުގެ ދައުރު ކުރިކަންތަކުގެ ކުލަ ބަދަލު ނުކުރެވޭނެކޭނޫން

ހމހ

ރިސޯޓުއޯނަރުން ބޭނުންވާގޮތް އަދިކިރިޔާމިވަނީ.

ދުމައިން

ސަރުކާރުން ގެސްޓުހައުސްތަށް ބަންފުކޮށްފަ ބެހެއްޓި މުއްދަތަށް ސްޓެލްކޯއިން ބިލުކުރީ ހަމަ ކޮމާޝަލް ރޭޓުގަ. އަދި ބިލު ނުދެއްކިއްޖެ ހާލަތުގަ ކަރަންޓު ކަނޑާވެސްލި. މިހުންނަނީ ސަރުކާރެއްގެ ޕޮލިސީ ލެވެލްއިން ކަންކަން ނުނިމޭތީ ޖެހޭހާ މުސީބާތް. ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދިންނަމަ އިތުރު ތަކުލީފަކަށްނުވެ، އެ ބިލު ދެއްކި، މުވައްޒަފުންނަށްވެސް އެއްޗެއްދެވި، ސްޓެލްކޯއަށް ކޯސްޓު ކަވަރުވެ އިގުތިސާދީގޮތުން މިފަދަ ހާލަތެއްގަ ހަމަވާންޖެހޭ އެންމެހައި އުންސުރުތަކެއް ހަމަވެފަވީ ނިޒާމަކަށް މަގުފަހިވީސް. ކަނޑުކޮސް ކަމުގެ އިންތިހާ ...

ސިވަ

އައްސު ޔާމީނުގެ މުހިންމު ކަން މި ވަގުތު ވ އިހުސާސްވޭ

ޚާދީ

މޯދީ ނެއްތަ ހެލްޕެއް ވައްޓާލެވޭކައް

މޯދީ ބައްޕަ

ވެކްސިން ޖަހައިގެން ދުޅަ އަރާފަ އެބައޮތް..ގޮވާލަންވީތަ

ޔަތީމު

އިބުލާ މި ޙަބަރު އަހާފަ ނުރޯތި ތިމަންނާ އަންތަރީސް ވެއްޖޭ ކިޔާފަ

މިލްފް

ތި ވާހަކަ ދައްކާ މީހާ ގޯސް ވާނީ

ޖަމްޝީދާ

ބަލަގަ ހުރިހާ ކަމެއް ފެއިލް ވެފަ އޮތް ސަރުކާރެއް މީ. ޔާމީން ވެސް އައިސް ކުރީ ވައްކަން. އިބޫ ރޮމުން ވައްކަން ކުރަނީ ތޯ؟

ބާރިޒާ

ކަލެޔަކައް ނުފެނޭތަ ޔާމީނު ކުރި މަސައްކަތެއް

ޖަންނަތު

ކުދި އެކަންޏެއް ނޫން. ބޮޑެތި ވެސް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910