ހަބަރު

ދެ ލޯންޗު ޖެހި ބަޔަކަށް އަނިޔާވެއްޖެ

ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފްއިން މިރޭ ބުނީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލާންސް ލޯންޗަކާއި މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި ހާދިސާގައި ދެ ލޯންޗުގައި ތިބި މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ވަނީ ވެފައެވެ. މި ހާދިސާގެ މައުލޫމާތު ލިބިގެން ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ސީއެމްބިއުލާންސްގައި ދަތުރުކުރި 8 މީހުންގެ ތެރެއިން ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އަނެއް ލޯންޗުގެ ކެޕްޓަނަށް ވަނީ އަނިޔާވެފައެވެ. ސިފައިން ބުނީ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.