ލިވަޕޫލް

ލިވަޕޫލް ބަލިވެ ޔުނައިޓެޑަށް ފުރުސަތު ފަހި ވެއްޖެ

ސައުތުހެމްޓަން އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ން ބަލިވެ، ލީޑް ފުޅާ ކުރަން ލިބުނު ފުރުސަތު ޗެމްޕިއަން ލިވަޕޫލަށް ގެއްލިއްޖެ އެވެ.

ލިވަޕޫލަށް ވުރެ މަދުން މެޗު ކުޅެފައިވާ، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަންނަ ބުދަ ދުވަހު ފުލަމް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ތާވަލުގެ އެއް ވަނަ އަށް ދެވޭނެ އެވެ. މިވަގުތު ލިވަޕޫލާއި ޔުނައިޓެޑަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ލިވަޕޫލަށް ތާވަލުގެ އެއް ވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

ރޭ ގެ މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ސައުތުހެމްޓަންގެ ލަނޑު ކާމިޔާބު ކުރީ، ކުރިން ލިވަޕޫލަށް ކުޅުނު ޑެނީ އިންގްސް އެވެ. މޮޅާ އެކު ސައުތުހެމްޓަން ވަނީ ތާވަލުގެ ހަ ވަނަ އަށް ޖެހިލާފަ އެވެ. ޔޫރަޕްގެ ޖާގަ އަކަށް އެ ޓީމު ކުރާ އުންމިދަށް ބޮޑު ކުރިއެރުމެއް ލިބުނު މެޗެއްގެ ގޮތުގައި ރޭ ގެ މެޗު ފާހަގަ ވެއެވެ. މެޗަށް ފަހު، ސައުތުހެމްޓަންގެ ކޯޗް ރާފް ހަސަންހޫޓަލް ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ.

ތިން މަސް ތެރޭ، ފުރަތަމަ ފަހަރަށް ލީގް މެޗަކުން ލިވަޕޫލް ބަލި ވުމަކީ، މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓްގައި ޑިފެންޑަރެއް ހޯދަން ޖެހޭ ކަމުގެ އެލާޓެކެވެ.

އަނިޔާގައި ހުރި ވެންޑައިކް، ޖޯ ގޯމޭޒް އަދި ޖޮއެލް މާޓިޕް ނެތްތަން ފބައްދަން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް މެޗުގައި ފުރުސަތު ދިނީ މިޑްފީލްޑާ ޖޯޑަން ހެންޑަސަން އަށާއި ފަބިއާނޯ އަށެވެ.